ޚަބަރު ސަރުކާރު

މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ރައީސް ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މެލޭޝިއާގެ ބޮޑުވަޒީރުގެ މަޤާމަށް ދަތޯ ސެރީ އަންވަރު އިބްރާހީމް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސްގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި  މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މެލޭޝިޔާގެ އައު ބޮޑުވަޒީރު ކަމުގެ މަޤާމާ އަންވަރު ހަވާލުވެ ވަޑައިގެން ހުވާކުރައްވަފައިވާއިރު، 1990ގެ އަހަރުތަކުގެ ތެރޭގައި އަންވަރު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ.

  1. ކާލި

    އިސްލާމީ ލީޑަރުން އެބަޖެހޭ އިސްތިއުމާރީ ވަކިތަކުން މުސްލިމް ޤައުމުތަށް ސަލާމަތްކުރަން، ފަލަސްތީނު މިނިވަންކޮށް ފަލަސްތީންގެ އަހުލުވެރިން އެބުރި ޤައުމުގައި ދިރިއުޅެން އެބަޖެހޭ، ދުނިޔޭގެ ސުލްހަ އޮތީ ފަލަސްތީން މިނިވެގެން !

  2. ޢަހްމަދު އަލީ

    ގިރިބެ