ރިޔާޟް, އިމްރާނަށް: ޑްރަގް މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް މަނިކުފާނު ނުގެންގުޅުއްވާ

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ގެންގުޅުއްވާފައިނުވާ ކަމަށާއި އެކަން ހައްލުކުރުމަށް މިދިޔަ ހަތަރު އަހަރު އަމަލީ މަސައްކަތެއް ވެސް ކުރެއްވެވިފައެއްނުވާާ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ޢާންމުކޮށް ހިންގާ ކުށްތައް އަދި ވަކިން ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އަވަށްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް ފުރިހަމަ ގިނަ މަަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
ކޮމިއުނިޓީ ޕޮލިސިންގގެ ޕްރިންސިޕަލްސްތަކާ އެއްގޮތަށް ފުލުހުން ތަމްރީން ކުރުމަށް މިއަދު ވަރަށް ބޮޑު އިސްކަމެއްދެވޭ.
އިމްރާންގެ ވާހަކަފުޅަށް ރައްދުދެއްވައި ރިޔާޟް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރުވީއިރުވެސް، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވިފައިނުވާ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ ސިޔާސަތެއް އަދި ވިސްނުމެއް ނެތް ކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.
މަނިކުފާނަށް ތިޔަ ކަންކުރުމަށް ލިބުނު 4 އަހަރުގަ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގެ ސިޔާސަތެއް ވިސްނުމެއް އަދި އަމަލީ މަސައްކަތެއް ކުރެވިފަނުވޭ. ހުރިހާ ދިމާއެއް އޮތީ ފެއިލްވެފަ.
އެެހެންކަމުން ބާކީ އޮތް އަހަރުތެރޭ އިތުރު ނަތީޖާއެއް ނެރެވޭނެ ކަމަށް ޤަބޫލުކުރައްވަން ދަތިކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.