ޑީއާރްޕީގެ ނަމުގައި ސިޔާސީ ހަރަކާތް ނުހިންގުމަށް އީސީން އަންގަވައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އަންގަވައިފިއެވެ.
ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ދިން މުއްދަތުގައި އެ ޢަދަދަށް މެންބަރުން ހަމަކުރެވިފައިނުވާތީ އީސީން ވަނީ އެ ޕާޓީ އުވައިލަން ނިންމަވައިފައެވެ.
އީސީން އެ ގޮތަށް ނިންމަވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެ ކޮމިޝަނުން ބޭއްވެވި ޖަލްސާގައެވެ.
އެ ކޮމިޝަނުން އިއްޔެ ވިދާޅުވީ އެ ނިންމުމާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމުގައެވެ.
އަދި ޑީއާރްޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވައިލުމުގެ އިޖުރާޢަތްތައް ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ލިޔުމުން އަންގަވާފައިވާ ކަމަށް ވެސް އީސީން ވިދާޅުވިއެވެ.