އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލި ގޮތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ފާޑުވިދާޅުވެއްޖެެއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިޔާސީ ޕްރައިމަރީ އޮންނާނީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
އެގޮތުން ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވައިލާފައެވެ.
ޢާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލައްވާނެކަމަށް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނިކޮށް ރަށުގައި ނޫޅުއްވަނީސް އިންތިޚާބަށް ކުރިމަތިލެއްވުމަށް ދީފައި މިވަނީ އެންމެ ފަސް ދުވަހުގެ މުއްދަތެއް ކަމަށެވެ.
އަދި ކޮންމެ ކަމެއް ''ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަނގަޅެއް ނުވާނެ'' ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ މަނިކުފާނުގެ ޓީމާއެކު މަސައްކަތް ފަށްޓަވާފައެވެ. ހަމައެހެންމެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޓީމުން ވެސް މިހާރު އަންނަނީ ކެމްޕޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންނެވެ.
2008 ގަ ވާދަ ކުރެވުނަސް މިފަހަރު ނަސިދަށް ވާދަ ނުކުރެވެނެ.ގާނޫނުއަސާސީގެ 109 ވަނަމާއްދާގަ ބުނަގޮތުން އިސްލާމްދީނުގަ ހައްދު ކަނދައެޅިފައިވަ ކުށެއް ސަރީއަތަށް ސާބިތު ވެފައިވަފަރަތަކަށް ރިޔާސިކެންޑިޑޭޓް ގެ ސަރުތު ފުރިހަމަ ނުވާނެ. ނަސީދު ގެ މައްޗަށް ވެލަނަގެ އިން އާސާރީ ތަކެތި ވަގަށް ނެގިކަން ނަސިދުގެ އިއުތިރާފުން ސަާބިތުވެފަވޭ. 2008 ގަ ސްޕްރިމްކޯޓްގރ ހުކުމްގައިވަގޮތުން ވެސް ނަސީދުގެ މައްޗަށް ވައްކަމުގެ ހުކުމް ސާބިތު. ކީރިތިގުރްއަނުގެ އަލްމައިދާ ސޫރަތުގެ 38 ވަނަ އާޔަތުގައިވާ ވައްކަމުގެ ހައްދު ރާއްޖޭގަ ގާއިމް ނުކުރާތީ ހައްދުގާއިމް ނުކުރިޔަސް ވައްކަން ސާބިތުވެފާ އޮތުމުން ހައްދު ކަނދައެޅިފައިވާކުށެއް އެވަނީ ސާބިތުވެ އެހުކުމް ތަންފިޒުކުރެވިފާ. އަމިއްލަ އިއުތިރާފުން ސާބިތުވުމުން ސައްކު އުފެދޭނެ ޖާގައެއް ނެތް. 2008 ގަ ބެެއްވި އިންތިހާބަކީ ސަރުތު ހަމަނުވާ 2 ކެންޑިޑޭޓުން ހިމަނައިގެން ބޭއްވި ބާތިލް އިންތިހާބެއް. އެއީ 6 ދަވްރު ވެރިކަންކުރި މައުމޫނާއި ވައްކަންސާބިތުވެ ހުކުމް ތަންފީޒު ކޮށްފައިވަ ނަސީދު. މިކަމުގެ ސަބަބުންއަނެއް 4 ކެނޑިޑޭޓުންގެ ހައްގަށް އިލެކްސަން ކޮމިސަނުން އިހުމާލުވެލައްވާފައިވާކަމަށް ތހުމަތުކުރެވޭ.
ގާނުނުއަސަސީގެ 64 ވަނަ މާއްދާގަ އެބަބުނޭ ގާނޫނުއަސަސިއާއި ގާނޫނަާއި ހިލާފު އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެކަމަށް ވީމާ ވައްކަމުގެ ހުކުމް ދެމިއޮތްހަހިނަދަކު ނަސިދުއަށް ރިޔާސީ ކެނޑިޑޭޓަކަށް ނުވެވެޭނެ. އެކަން އެގެނީ އަލް މާއިދާ ސޫރަތުގެ 38 ވަނަ އާޔަތާއި ގާނޫނުއަސަސީގެ 109 ވަނަ މާއްދާ އިން،