ޚަބަރު ސިޔާސީ

ހަސަންޓޭވެސް ފަޅި ބަދަލު ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން މުޙައްމަދު (ހަސަންޓޭ) ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO
ހަސަންޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދާއިރާގެ ރަށްތަކުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މެދުގައި މިވަގުތު ހުރުމުން އެނގުނު ކަމަކީ އެމްޑީޕީގެ ޕްރައިމަރީއާ އަންނަ ރިޔާސީ އިންތިޚާބުގައި އޭނާ ގަދަކޮށް ހުންނަން ޖެހެނީ ރައީސް ޞާލިޙުގެ ފަހަތްޕުޅުގައިކަން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިދިޔަ ހޮނިހިރު ދުވަހަށް ވަނީ ހަމަވެފައެވެ. މި ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

Ads by HDC
  1. ުަލަކުޑިކަޅޭ

    ހިންހަމަޖެހޭވަރައް ކާލާފައޮތީމަ ފަޅިބަދަލުކޮއްލީ