ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް މަރުޙަބާ ކިޔަން، ރަށްރަށުން ނުކުންނަނީ ހަތަރު މީހުން: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވާހަކަަ ދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރަށްރަށަށް ވަޑައިގެންނެވުމުން،  އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ނުކުންނަނީ އެންމެ ހަތަރު މީހުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މި މަހުގެ 28 ވަނަ ދުވަހު، އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ޞާލިޙު ރަށްރަށަށް ދަތުރުފުޅު ކުރައްވަން ފައްޓަވައިފައިވާއިރު، އެ ދަތުރުފުޅުތަކަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ ރައީސް ޞާލިހު ކުރައްވަނީ އަނިޔާވެރި ވެރިކަމެއް ކަމަށާއި، އެމަނިކުފާނަށް ތާއީދެއް ނެތް ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި ވާހަކަ ނައިފަރު ދާއިރާގެ މެމްބަރު، ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އަކީ މި ޤައުމުގެ ހަމައެކަނި އުއްމީދު ކަމަށާއި، އެންމެ ގިނަ ރައްޔިތުން ތާއީދު ކުރާ ސިޔާސީ ލީޑަރަކީވެސް އެމަނިކުފާނު ކަމަށެވެ.

އަދި ރައީސް ޞާލިޙު ރަށްރަށަށް ވަޑައިގެންނެވުމުން، ކަންކަން ހިނގާ ގޮތް ފެންނަ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ތާއީދު ނެތް ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ، ރައީސް ޔާމީނަށް އަނިޔާ ކުރަން ބޭނުންވަނީ. އެހެންވީމަ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަނިޔާ ތިޔަ ކުރައްވަނީ ހަމައެކަނި ރައީސް ޔާމީނަކަށް ނޫނޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައިގައި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާމެދުގައިވެސް ކަންބޮޑުވުންފާޅުކުރައްވައި، ޝިޔާމް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އެނބުރިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ކުރިއަށްވުރެވެސް ގަދަކޮށް ކަމަށެވެ.

 

 

 

Ads by Allied Insurance
  1. ކޮށިބޯ

    މިހާތަނަށް މިކަލޭގެ ހެދި އެންމެ ބޮޑު ތެދުކަންނޭނގެ އެހެދީ؟؟؟؟ ގައުމުގެ ވެރިމީހާ ރަށަކަށް ވަޑައިގަތީމަ ދަނީ 4 މީހުންނޯ!!!!