ޚަބަރު ސަރުކާރު

ސަރަހައްދީގޮތުން އިގްތިސާދު އެންމެ ހަލުވި ވާނީ ރާއްޖޭގައި: އަމީރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސަރަހައްދީގޮތުން އިގްތިސާދު އެންމެ ހަލުވި ވާނީ ރާއްޖޭގައިކަމަށް ވޯލްޑް ބޭންކްގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި ލަފާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަމީރު ވިދާޅުވީގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައިކަމަށާއި ކުރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ބާރަށް ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދުކުރިއަރާފައިވާތީ ކަމަށެވެ

"ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައި. މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވާތީ. އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓް ވަނީ %8.2 އަށް ލަފާކޮށްފައި. މިއަންދާޒާތަކަކީ އަކީ މިނިސްޓްރީ އޮފް ފިނޭންސް އާއި އަދި އެމްއެމްއޭގެ އަންދާޒާތަކަށް ވުރެވެސް މަތީ އަދަދެއް" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓް ވަނީ %8.2 އަށް ލަފާކޮށްފައިކަމަށާއި މިއަންދާޒާ ތަކަކީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ އިން އަންދާޒާ ކުރިވަރަށް ވުރެ މަތީ އަދަދެއްކަމަށެވެ. 

އެހެންނަމަވެސް ވޯލްޑް ބޭންކުގެ ރިޕޯޓްގައި ބުނެފައިވަނީ  ވަނީ ކުދި ގައުމުތަކުގެ ތެރެއިން ބޭރުގެ ދަރަނީގެ ރިސްކު ބޮޑު ގައުމުތަކުގެ ލިސްޓުގައި ވެސް ރާއްޖެ ހިމެނޭކަމަށެވެ. އަދި ކުދި ގައުމުތަކުގެ ތެރެއިން ޗައިނާ އަށް އެންމެ ބޮޑު ދަރަންޏެއް އަދާ ކުރަން ޖެހޭ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!