ޚަބަރު ސަރުކާރު

ރައީސްގެ ޕްރައިމަރީ ކެމްޕޭނަށް ދައުލަތުން ހަރަދެއް ނުކުރޭ: މިއުވާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެމްޑީޕީގެ ރިޔާސީ ކެމްޕޭންގައި ކުރައްވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރައްވަމުން ނުގެންދަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ރައީސް ޞާލިޙް ކުރައްވާ ކެމްޕޭނު ދަތުރުތަކަށް ހަރަދު ކުރަނީ ކެމްޕޭނު ޓީމުން ކަމަށާއި ރައީސްގެ އެއްވެސް ކެމްޕޭން ދަތުރަކަށް ސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށެވެ.

“"ކެމްޕެއިން ދަތުރުތަކަކީ، ކެމްޕެއިން ޓީމުން ހަމަޖައްސާ ދަތުރުތަކެއް. އެ ދަތުރުތަކަށް ހަރަދު ކުރާނީ ވެސް އެޓީމުން” މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ހަރަދު ނުކުރި ނަމަވެސް ރައީސް ކުރައްވާ ދަތުރުފުޅުތަކަށް ސަރުކާރުން ސެކިއުރިޓީ ފޯރުކޮށްދެމުން ދާކަމަށެވެ. އަދި ސަޕޯޓު ޓީމުވެސް ރައީސާއެކު ދަތުރު ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލީހް އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!