Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޔާމީން ހަވާލުކުރެއްވި މަސްއޫލިއްޔަތަށް، މި ތިބީ ފާރަވެރިވެގެން: އަބްދުއްރަޙީމް

ރައީސް ޔާމީން ހަވާލުކުރެއްވި މަސްއޫލިއްޔަތަށް، މި ތިބީ ފާރަވެރިވެގެން: އަބްދުއްރަޙީމް
އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ހަވާލުކުރެއްވި މަސްއޫލިއްޔަތަށް އިިދިކޮޅު ލީޑަޝިޕް އޮތީ ވަރަށް ރަނގަޅަށް ފާރަވެރިވެގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން، ރޭ ބޭއްވެވި އެއްވުމުގައި އަބްދުއްރަޙީމް ވަނީ، ރައީސް ޔާމީން އެބޭފުޅުންނާ ހަވާލު ކުރެއްވި މި މަސައްކަތް ކުރުމުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ބަޔަކު ޕީޕީއެމް-ޕީއެންސީ ބައިބައި ކުރަން މަަސައްކަތް ކުރިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށާއި އެކަަމަށް ޖާގައެއް ނެތް ކަމަށެވެ.
"ވަރަށް ކެރިގެން ދަންނަވާލަން ބޭނުން، ލީޑަޝިޕްގައި ވެރިކަން ބޭނުންވެގެން އުޅޭ މީހަކު ނެތް. ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގައި ވެރިކަން ހޯދަން ބޭނުންވެގެން އުޅޭ މީހަކު ނެތް،" އަދުރޭ ވިދާޅުވި އެވެ. "ތަކުރާރުކޮށްލީ ސަބަބެއް އޮވެގެން، ބޭނުމެއް އޮވެގެން. ލިބެމުންދާ މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް އެނގޭތީ."
އަދުރޭ ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގައި ތިބީ ޔާމީން އަލުން އަނބުރާ ވެރިކަމަށް ގެންނަން ބޭނުންވާ ބޭފުޅުން ކަމަށެވެ. ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުންނެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް