Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޔާމީން ދެން ޖަލުން ސަލާމަތެއް ނުވާނެ: މޫކޭ

ރައީސް ޔާމީން ދެން ޖަލުން ސަލާމަތެއް ނުވާނެ: މޫކޭ
އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ދެން ޖަލުން ސަލާމަތް ނުވާނެ ކަަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު، އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު(މޫކޭ) ވިދާޅުވެއްޖެއެވެ. މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުން ރޭ، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާ ހުށަހަޅުއްވައިދެއްވީ މޫކޭއެވެ. ޖަލްސާ ނިންމަވައިލައްވަމުން ދެއްކެވި ވާހަކައިގައި އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މޫކޭ ވިދާޅުވީ ބިރަކީ "ދެމަފިރިން ވެގެން" ޕެނެޑޯލް ވަގަށް ނަގައިގެން ހިންގި ބިރުވެރިކަމެއް ކަމަށާއި، އެކަން ނިމިއްޖެ ކަަމަށެވެ.
"ވަގުކަލޭގެ ހިފާ ހައްޔަރުކޮށް، އެ އޮތީ ޖަލަށް ލާވެސް ނިމިފައި. ވަގުކަލޭގެ ޖަލަށްލާ ނިމިއްޖެ."
މޫކޭ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ޕީޕީއެމްގެ ވިއްސަކަށްހާސް މެމްބަރުން އެ ޕާޓީއަށް "ވަގަށް" ވަދެފައިވާ ކަަމަށްވެސް ތުހުމަތު ކުރައްވައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން އުޅޭ ކަަމަށްވެސް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ މެމްބަރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހެދި ނޫޅެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓެއް ހޯދަން އުޅުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
"އެ ނޫން އިތުރު ކަމެއް ކުރައްވާނެ ކަމެއް ނެތް، ޔާމީނެއް ދެނެއް ސަލާމަތެއް ނުވާނެ. ޔާމީނުގެ އަނިޔާވެރިކަމެއް ދެނެއް މި ރާއްޖެއަކަށް ނާންނާނެ."
ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު ޖަލަށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް، ވަކީލުންގެ ޓީމުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް