ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެއްވެސް ހާލަތެއްގައި ޕާޓިން ވަކިކޮށްގެން ނުވާނެ: އަކްރަމް

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެއްވެސް ހާލަތެއްގައި ޕާޓިން ވަކިކޮށްގެން ނުވާނެކަމަށް ވިދާޅުވެ ރީކޯ މޫސާ މަނިކަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުންދީން ރައްދުދެއްވައިފިއެވެ.
އަކްރަމް މިހެން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ބޭރުކުރުމަށް ރީކޯ މޫސަ ގޮވައިލައްވައިފައިވަނިކޮށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމް.ޑީ.ޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެއްވެސް ހާލަތެއްގައި ޕާޓިން ވަކިކޮށްގެން ނުވާނެ" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް މިއަދު ކުރެއްވި ޓްވީޓަށްވެސް ރީކޯ މޫސަވަނީ ރައްދު ދެއްވާފައެވެ.
މިގޮތުން އަސާސީ ޤަވާއިދުގަ އެވާހަކަ ނޯންނަކަމަށާއި ރައްޔިތުންހެ މަޖްލީހުގެ ނައިބް ރައީސް ކަމުގަ ޕާޓީގެ މެމްބަރަކު ހުއްޓާ ވެސް ވަކިކުރި ކަން ރީކޯ ވަނީ ފާހަގަކުރައްވާފައެވެ. އަދި ފިޔަވަޅުއަޅާ ކޮމެޓީން ތިޔަގޮތް ދެކޭނަމަ އެއީ "ހާދަ ފައްކާ" އިންސާފެއްކަމަށް ވިދާޅުވެ ރީކޯ ވަނީ ފާޑު ކިޔުއްވާފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ޕާޓީތަކާއި ދުރުގައި ހުންނެވުމަށްފަހު ދާދިފަހުން އަލުން އެމްޑީޕީއާއި ގުޅި ވަޑައިގެންނެވި ރީކޯ މޫސަ ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން އޭނާ ވިދާޅުވީ މިހާރު ރައީސް ނަޝީދުގެ ބޭނުމަކީ މަޖިލިސްގެ ރައީސްކަމުން ބާލަފާނެތީ އެމަނިކުފާނުގެ ފަހަތުގައި ޕާޓީ މެމްބަރުން ތިބިކަން ދެއްކުންކަމަށެވެ.
ރައީސްކަން ކޮށްފަ ހުރި މަރުމޯލަކަސް ހެޔޮތަ؟