ޚަބަރު ސަރުކާރު

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާ ދެކޮޅު ބޭފުޅުން ސިޔާސީ މަޤާމުތަކުގައި ތިބޭނަމަ ފިޔަވަޅު އަޅާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާ ދެކޮޅު ހައްދަވާ ބޭފުޅުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސިޔާސީ މަގާމްތަކުގައި ތިއްބަވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރުހިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.

“ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ދެކޮޅު ހައްދަވާ ބޭފުޅުން ތިއްބަވާކަމަށް ވާނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ބަލަންޖެހޭ ކަމެއް ބަލާނެ” މިއުވާން ވިދާޅުވިއެވެ.

އަދި ގަބޫލު ނުކުރާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި އެއްވެސް ބޭފުޅަކު ހުންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ޚިޔާލު ފާޅުކުރުމާއި އެބޭފުޅެއްގެ ފިކުރު ފާޅުކުރުމަކީ ސަރުކާރުގެ މުވައްޒަފުންނަށް އަދި އެހެން ބޭފުޅުންނަށްވެސް ލިބިގެންވާ މިނިވަންކަމެއްކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ މަގާމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އުފުލުމުގައި ރައީސަށް އެހީތެރިވާން އުފައްދަވާ މަޤާމުތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!