ޚަބަރު ސިޔާސީ

ޕީޕީއެމް-ޕީއެންސީން ދީން ހަތިޔާރަކަށް ނުހަދާނެ: ޝުޖާޢު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މިއަދު ފެށި ހޯޕް ކޮންފަރެންސްގެ ތެރެއިން--

ސަރުކާރާއެކުގައި ކޯލިޝަން ހަދައިގެން ތިބި، ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ސިޔާސީ ޕާޓީތަކަށް މަސާޖު ޕާލަރތައް ހިންގުންވެސް "އޯކޭ" ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީން އަބްދުލްޤައްޔޫމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަަށް މަސައްކަތް ކުރުމަށް، އިދިކޮޅު ފަރާތްތަކުން މިއަދު ފެށި "ހޯޕް ކޮންފަރެންސް"ގައި ވާހަކަ ދައްވަމުން ޝުޖާޢު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން އިސްލާމްދީނުގެ އެންމެހައި އަސާސްތައް ހިމާޔަތް ކުރާނެ ކަަމަށެވެ.

އަދި އެއްވެސް ވަރަކަށް ހަރުކަށި ކަމަކަށް، އެ ކޯލިޝަނުން ތާއީދު ނުކުރާކަން ފާހަގަކުރައްވައި، އިދިކޮޅުން، އިސްލާމްދީން ހަތިޔާރަކަށްވެސް ނުހަދާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ސިޔާސީ ޕާޓީތަކަށް މާލޭގައި މަސާޖު ޕާލަރ ހިންގުން ފަދަ ކަންކަންވެސް "އޯކޭ" ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް ހަރުކަށި އުސޫލުތަކަށް ތަބާވާ ޕާޓީއެއް ނޫން. އަޅުގަނޑުމެންނަކީ އަބަދުވެސް، އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައް ގަބޫލުކުރާ، ވަރަށް މެދުމިނުގަ ސިޔާސަތުތަކަށް ތާއީދު ކުރާ ޕާޓީއެއް. އެހެންނަމަވެސް އަޅުގަނޑުމެންގެ ބަހާ އަމަލާ ދިމާވާނެ. މިހާރު، މި ސަރުކާރު ތެރޭގައި، ކޯލިޝަން ހައްދަވައިގެން އެބަތިބި ދީނީ ޕާޓީތައް. އެމީހުން ދީން ގާތް ކަަމަށް ބުނާނެ. އެކަމަކު އެމީހުންނަށް އޯކޭ ވާނެ، މަސާޖު ޕާލަރތައް މާލޭގައި ހެދިޔަސް."

ޝުޖާޢުއާ އެކުގައި މި މައުޟޫއުއަށް ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން އިދިކޮޅުން އެއްވެސް އިރެއްގައި މަސައްކަތް ނުކުރާ ކަމަށާއި، މިސްކިތްތަކަށް ޤަޟާހާޖާ ކުރާއިރުވެސް، ދީން ހިމާޔަތް ކުރާ ކަމަށް ބުނާ ޕާޓީތަކަށް އޯކޭ ކަމަށެވެ. ނަމަވެސް، ޕީޕީއެމް-ޕީއެންސީން މަސައްކަތް ކުރަނީ، އިސްލާމްދީނުގެ އަސާސްތައް ހިމާޔަތްކުރަންޖެހޭކަން ޤަބޫލުކޮށްގެން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، އިސްލާމްދީން ހިމާޔަތް ކުރުމަށް ކޮށްފައިވާ ގިނަ ގުނަ މަސައްކަތްތަކަށް އަލިިއަޅުވައިލައްވައި، އިސްލާމިކް ޔުނިވަރިސޓީއެއް އޭރު އުފެއްދެވިކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

 

Ads by Allied Insurance
  1. އެއްލާލާ

    ތިޔާ މުއިއްޒު އަކީ ބޮޑު ކަނޑުކޮހެކޭ އޭނާ އަކީ ކަންކަން އުފެއްދުންތެރި ކަމާއި އެކު ކުރަން ދަންނަ މީހެއް ނޫނޭ އެއީ ބޮޑު ކަނޑު ކޮހެކޭ ވިލިމާލެ 2 ކުން ދެފައި ދަނޑިއަށް މުއިއްޒު ސީލަބަލަ މިކަން ހައްލުވާނީ ހުޅުމާލޭ ހުޅަނގުން އޮތް ފަޅު ހިއްކާ އަދި ފުށިދިއްގަރު ފަޅު ހިއްކާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާ މާލޭ ގެ އުތުރުން ފޭދޫ ފިނޮޅު ދެކުނުން އޮތް ބޮޑު ފަޅު ހިއްކާ އެތަނަށް ޕޯރޓާއި ހުރިހާ ހާރޑްވެއަރ ފިހާރަ ތަކާއި ގައުމީ ކާރޑް ގުދަން 25 ބުރިއަށް ހަދާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅައިގެންނޭ ފްލެޓްސް ނުޖެހޭނެއޭ އަޅަން ފްލެޓްސް ބަދަލުގައި ކޮންމެ ދިވެއްސަކަށް މާލެ ސަރަހައްދުން 10 ހާސް އަކަފޫޓްގެ ގޯއްޗެއް މަހަކު 10 ހާސް ރުފިޔާ އަށް ކުއްޔަށްދީ އަދި ވިޔަފާރި ކުރުމަށް ޓަކައި މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ފަޅު ތައް ހިއްކާ މަހަކު 1 ހެކްޓަރުގެ 2 ހާސް ބިން ބިމެއް 1 މިލުއަން ޑޮލރަށް ވިއްކާލާ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކޮށް ޓޭކެސް އުވާލުމޭ މުއިއްޒު އެއީ ފޭކް ޕީއެޗްޑީއޭ އެޅާ ނުކިޔަވައޭ އިންޖިނިއަރިންގް އެއް އެއީ އެޅާ ވަގަށް ނަގާފައިވާ ޕީއެޗްޑި އެކޭ އެޅާ ބޭރުކުރޭ ޕީޕީއެމް އިން ނަގޫ ކެނޑި މާލޭގެ މަގު ތައް ކޮނުމުގެ އަގު 1000 ގުނަ ބޮޑުކޮށްގެންނޭ ސުވަރު އުޅެނީ ރައްޔިތުން ފެލަނީއޭ ނަގޫކެނޑި އާއި ވަގު ނަރީޝް ދެޅާވެގެން…