Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް ޔާމީނަށް ޕީޕީއެމް-ޕީއެންސީން ދޭނީ ލަނޑެއް: ސައުދު

ރައީސް ޔާމީނަށް ޕީޕީއެމް-ޕީއެންސީން ދޭނީ ލަނޑެއް: ސައުދު

އިދިކޮޅު ލީޑަރު، އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެ ކޯލިޝަނުން ދޭނީ ރިޔާސީ ޓިކެޓެއް ނޫން ކަމަށާއި ލަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާ ކޮންމެ ފަހަރަކު އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ފުޅާކޮށްފައި ރައީސް ޔާމީން ގެއަށް ވަޑައިގެންނެވުމުން އެ މީހުން އެކަމާ މާޔޫސްވާ ކަމަށެވެ.

އޭނާގެ ޓްވީޓުގައި، ރައީސް ޔާމީނަށް ފާޑު ކިޔުއްވައި ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ދުއްޕާން ޖެއްސީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމަކީ، އަނިޔާވެރި ހިޔާނާތްތެރި އަދި ޤައުމު އަޅުވެތިކުރި ވެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/SaudVillingili/status/1622236552758956034?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622236552758956034%7Ctwgr%5E18749ddfa2cb61f68bef919caacf994652e5b692%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F294690

ރިޔާސީ އިންތިޚާބު ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި އިންތިޚާބުގައި ވާދަ ކުރަައްވާނެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވުމާއެކު އެ މަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅުން ދަނީ ގޮވައިލަމުންނެވެ.

އަދި ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް، އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފުޅާކޮށް ގެންދާނެ ކަަމަށް އިދިކޮޅު އިއްތިހާދުން ބުނާއިރު، މިކަން ފެށުމުގެ ގޮތުން "ހޯޕް" ގެ ނަމުގައި ބޮޑު ކޮންފަރެންސެއްވެސް ވަނީ ބާއްވައިފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް