އެމްޑީޕީގެ ލީޑަރ ޝިޕްގައި ހުންނަވައިގެން ޕާޓީގެ އަސާސީ ޤަވައިދާއި ކަނޑައެޅިގެން ދެކޮޅު ހައްދަވާއިރު މަޤާމުގައި ދެމިހުރެވިދާނެތޯ އައްސަވައި އެންމެ ރަނގަޅު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ގޮތަކީ އިސްތިއުފާ ދެއްވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނިކޮށް، އެ ޕާޓީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބު އަލުން ބޭއްވުމުގެ އަމުރަކަށް އެމްޑީޕީ ރައީސް ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށައަޅައިފައިވަނިކޮށެވެ.
"އުފެދޭ ސުވާލެއް އެމްޑީޕީގެ ލީޑަރޝިޕްގަ ހިމެނޭ ބައެއް ބޭފުޅުންނަށް ޕާޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުން ނިންމާ ނިންމުންތަކާއި ދެކޮޅުހަދައި ޕާޓީގެ އަސާސީ ގަވައިދާއި ކަނޑައެޅިގެން ދެކޮޅު ހަދަމުން މަގާމުގައި ދެމިތިއްބެވިދާނެތޯ؟ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން" ޝަރީފު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވާ މިދަނޑިވަޅުގައި ދެރައީސުންގެ ސަޕޯޓަރުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް އަމާޒުކޮށް ބަހުގެ ހަމަލާ ރައްދުކުރަމުންނެވެ.
މިގޮތުން ރައީސް ނަޝީދު ގެންދަވަނީ އެމަނިކުފާނަށް ތާއިދު ކުރައްވާ މެމްބަރުންނާއެކު އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފައްދަވަން މަސައްކަތްކުރަވަމުންނެވެ.
މަވޯޓާއާމަވޯޓާދަރިންނައްް ސަރުކާރުންތިހޯދާގިނައަދަދެއްގެެ ފައިސާތައްް ދިވެހިރައްޔިތުންނާް ހަވާލުކުރުމަކީީ މިވަގުތައްް އެއްމެރަގަޅުގޮތްް ކީއްކުރާނީީ ކަލޭމެންނަކައްް މިރާއްޖޭގެރައްޔިތުންނައްް ރަގަޅުގޮތަކައްް އެއްބަހެއްނުވެވޭނެެ އަހަރުމެންނައްވެސްް އެގެޔޭރަގަޅުގޮތްތައްް