ޚަބަރު

ސުޕްރީމް ކޯޓުގެ މަސައްކަތްތައް އާންމުންނަށް ދައްކާލަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ސުޕްރީމް ކޯޓުގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމުގެ ޚާއްސަ ހަރަކާތް މިއަދު ފަށައިފިއެވެ.

Ads by STELCO

ސުޕްރީމް ކޯޓުން ބުނީ މިއަދު ތިން ސެޝަނެއްގެ މަތިން ޓުއާތައް ބާއްވާނެ ކަމަށެވެ. އެއީ 9:00އިން 10:00އަށް، 10:00އިން 11:00އަށް އަދި 11:00އިން 12:00 އަށެވެ.

ކޮންމެ ސެޝަންއެއްގައި ބައިވެރިވެވޭނީ 10 މީހަކަށް ކަމަށާއި ފުރުސަތު ދޭނީ ސެޝަންގެ ގަޑިއަށް އަންނަ ތަރުތީބުން ނަން ނޯޓްކޮށްގެން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މި ޓުއާގައި ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް، ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ޝަރީއަތުގެ މަޖިލިސް އަދި ކޯޓު އިމާރާތް ދެއްކުން ހިމެނެއެވެ. އަދި ޓުއާގެ ސެޝަންތައް ކުރިއަށްދާ ގަޑީގައި ކޯޓުގައި އަޑުއެހުމެއް ކުރިއަށްދާ ނަމަ އެ އަޑުއެހުމަކަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ ޓުއާގައި ބައިވެރިވެވޭނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރުމުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!