Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

އުސޫލުން ބޭރުން، ޒަކާތު ފަންޑުން ހޭދަ ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެއްޖެ

އުސޫލުން ބޭރުން، ޒަކާތު ފަންޑުން ހޭދަ ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެއްޖެ

އުސޫލުން ބޭރުން ޒަކާތު ފަންޑުން ހޭދަކޮށްފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޒަކާތު ފަންޑާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

ބޮންޑެ ކުރެއްވި ސުވާލުގައި ވަނީ ޒަކާތުގެ ފައިސާ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ވަނީ އަށް ބަޔަށްކަމަށެވެ.

Advertisement
Allied Insurance — Square (box)

ނަމަވެސް އެކިގޮތަކަށް އެ އަށް ބައިގެ ތެރެއިން ބައެއް ބައިބައި އެކިއެކި ކަންކަމަށް ޚަރަދުކުރެވޭ ގޮތަށް، ޒަކާތު ފަންޑުގެ ޚަރަދުތައް ބަހާފައި ހުންނަކަމުގެ މަޢުލޫމާތު ލިބި ވަޑައިގެންފައިވާތީ، މިކަމުގެ ތަފްސީލް ހޯދުމަށް އޭނާ ވަނީ ސުވާލުގައި އެދިވަޑައިގެންފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ފައިސާ ބެހުމަށް ޢަމުރު ކުރައްވާފައިވަނީ އަށް ބަޔަށްކަމަށެވެ.

އޭގެ ބޭރުން އެ ފަންޑުން ފައިސާ ޚަރަދުކޮށްފައި ނުވާނެކަމަށާއި، ޒަކާތުގެ ފައިސާ ބަހާ އަށް ބަޔަކީ، ފަޤީރުންނާއި، މިސްކީނުންނާއި، އާމިލުންނާއި، މުއައްލިފަތު ގުލޫބުހުމް އަދި ދަރަނިވެރިންނާއި، އިބުނުއްސަބީލުގެ އިތުރުން އަޅުން މިނިވަން ކުރުމަށެވެ.

ޒަކާތު ފަންޑު ބޭނުން ކުރަނީ ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށްވެސް ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް