ޚަބަރު ރައްޔިތުންގެ މަޖިލިސް

ވެންޓިލޭޓަރު ޚިޔާނާތުގައި ފިނޭންސްގެ ބައިވެރިވުމެއް ނެތް، އެހެން ކަންކަން ނުދެނަހުރިން: އަމީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ޚިޔާނާތުގައި ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ޤަވާއިދާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށާއި، އިތުރަށް ހިނގައިދިޔަ ކަންކަން ނުދެނަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ކުރުމުން މިނިސްޓަރު އަމީރު ވިދާޅުވީ އެ މައްސަަލައިގައި ނެރުނު އޮޑިޓް ރިޕޯޓުގައާއި އޭސީސީގެ ތަހުޤީޤޔ ރިޕޯޓުގައިވެސް ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ޤާނޫނާއި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ޕްރޮކިއުމެންޓުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އޭސީސީން ފިނޭންސަށް އަންގާފައިވާތީ އެކަން ފުރިހަމަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"މި މައްސަލައާއި ގުޅޭގޮތުން ތަހުގީގީ އިދާރާތަކުން މިނިސްޓްރީ އޮފް ފިނޭންސްގެ އެއްވެސް މުވައްޒަފަކާއިމެދު ފިޔަވަޅު އަޅަން އަންގާފައެއް ނުވޭ. އަދި ޕްރޮކިއުމެންޓް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އިދާރާތަކުން ދީފައިވާ ލަފަޔަށް ބިނާކޮށް ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަަރު ވަނީ ކޮވިޑުގެ ހާލަތުގައިވެސް މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުމުގެ ކުރިން ސާފުކުރަންޖެހޭ ކަންކަން ރަނގަޅަށް ބަލައި ސާފުކުރުމަށް އެދި ދައުލަތުގެ އިދާރާތަކަށް ފޮނުވި ސާކިއުލާ ފާހަގަކުރައްވައިފައެވެ. އަދި މިނިސްޓަރަށް ލިބިދެވޭ ބާރުގެ ދަށުން މާލިއްޔަތު ޤަވާއިދަށް ގެނައި އިސްލާހުތައްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ޖަވާބަށްފަހު ބައެއް މެމްބަރުން ވަނީ ވެންޓިލޭޓަރު މުޢާމަލާތުގައި ޤަވާއިދާއި ހިލާފުވެފައިވާކަން ތަހުގީގީ އިދާރާތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މަޖަލަކަށްތޯ ސުވާލުކުރައްވައިފައެވެ.

ޖަވާބުގައި އަމީރު ވިދާޅުވީ އެމައްސަލަ މިވަގުތު އާބިޓްރޭޝަންގައި ކުރިއަށް ދާތީ ތަހުޤީޤުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން މިވަގުތު އެއްޗެއް ދަންނަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި އެންމެ ބޮޑަށް ގޯސްވެގެން ދިޔަ ދުވަސްވަރު 75 ވެންޓިލޭޓަރު ހޯދަން ސަރުކާރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ހަވާލު ކުރިއެވެ. އެމަޝްރޫއަށް ބޭންކް ގެރެންޓީއަކާއި ނުލައި 34 މިލިއަން ރުފިޔާ އެގްޒެކިއުޓާސްއާއި ވަނީ ހަވާލުކޮށްފައެވެ. މި ފައިސާ އެއްފަހަރާ ދޫކުރީ އެކުންފުނީގެ ޤާބިލުކަމަށްވެސް ބެލުމެއް ނެތިއެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ހިނގި ހިޔާނާތާއި ގުޅިގެން ތިން މީހަކަށް ދަޢުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ. އެއީ އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

  1. ދަރަނި

    ތިޔައީހާދަހާާ ގަމާރުު މިނިސްޓަރެކޭެ ކަލޯދެންވެސްް ގައުމައްފައިދާބޮޑުވާނީީ ތިކަހަލަަ ތަންދޮރުނުދަންނަމީހުންގެެ ކިބައިންް މިގައުމުސާފުތާހިރުކޮއްގެންް ކަލޭމެންގެެ ނާގާބިލުކަމުންް މިއޮއްގިނަފައިސާވަންނަގައުމުު މިއޮތީީ ސަތޭކަަ އެކެއްބިލިޔަކުންް ދަރުވާލާފަަ އަދިވެސްް މިސާލުނަގާާ އެމެރިކާާ އިގިރޭސިވިލާތާާ އޮސްޓްރޭލިޔާާ އާާ ނިއުޒިލޭންޑާާ ކެނެޑާޔާާ ޖަރުމަނުފަދަަ ގައުމުތަކުންް އެގައުމުތަކުގެެ ވެރީންް ކަންތައްކުރާގޮތްް ކިޔާލަދީބަލަަ ނުހުންނާނެެ ހިތްވަރެއްް ކިޔާދޭންފަށާނީވެސްް އެކީއެކައްޗަކައްް އިސްތިއުފާދީފަަ

  2. ސުކުން

    ބައިބެރިވުމެއް ނެތިއްޔާ، ކާކު ޕޭމެންޓް ދޫކުރީ މުދާ ލިބުންކަން ކަށަވަރު ނުވަނީސް؟