އިޓަލީން ރާއްޖެއައި ދިވެއްސަކު ކަރަންޓީން ކޮށްފި
އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީންކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ އެމީހާ ކޮވިޑް-19 އަށް މޮނިޓާ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއާޕޯޓުން އެތެރެވާ ކޮންމެ މީހަކުވެސް ސްކްރީން ކުރެއެވެ. އަދި ކިރިޔާވެސް ޝައްކު ކުރެވޭ މީހެއް ނަމަ އެކަހަރި ކޮށްގެން ފަރުވާ ދިނުމުގެ މަސައްކަތް ކުރެއެވެ. މީގެއިތުރުން މިހާރު ކޮވިޑް-19 އަށް ރާއްޖެއިން ވެސް ޓެސްޓުތައް ހެދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައިވެސް ކޮވިޑް-19 އަށް ޝައްކު ކުރެވިގެން މީހަކު ޓެސްޓު ކުރިއެވެ. ނަމަވެސް އެމީހާ އެ ބައްޔަށް ޕޮޒިޓިވްއެއް ނުވެއެވެ.