ޚަބަރު

އިމާރާތުން ވެއްޓުނު މީހާ ނިޔާވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިރޭ މާލޭގެ އިމާރާތަކުން ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ހެންވޭރުގެ ގެއަކުން މިރޭ ވެއްޓުނު އުމުރުން 32 އަހަރުގެ އަންހެންމީހާ ނިޔާވެފައިވާ ކަމަށެވެ.

އެ އަންހެންމީހާ ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ، ރޭ 8:05 ‏ހާއިރުއެވެ.

މާލޭގެ އިމާރާތަކުން ރޭ ކުޑަކުއްޖަކު ވެސް ވެއްޓި ވަނީ ނިޔާވެފައެވެ.

ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ހަތަރު އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ ރޭ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. އަދި ކުއްޖާ ނިޔާވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!