ޚަބަރު

ރައީސް ޔާމީން 1 ގަޑިއިރަށް ގެއަށް ބަދަލުކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއް ގަޑިއިރަށް ގޭ ބަންދަށް ބަދަލުކުރަން އަނގައިފިއެވެ.

ޔާމީން އެއް ގަޑިއިރަށް ގެއަށް ބަދަލުކުރަން އެންގި އިރު ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއަތެއް މިއަދު ހައި ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ގެކޮޅަށް ގެންދެވީ އެމަނިކުފާނުގެ އެދިލެއްވުމުގެ މަތިނެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ގެކޮޅުގައި ގަޑިއެއްހާއިރު މަޑުކުރައްވާނެއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުންވެސް ގެކޮޅަށް ވަޑައިގެންނެވި ކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިކަމާއި ގުޅިގެން

ރައީސް ޔާމީން ގެކޮޅަށް ގެންދިޔުމާއި ގުޅިގެން އެ ސަރަހައްދަށް އެމަނިކުފާނުގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއްވިއެވެ. ނަމަވެސް ފަހުން ފުލުހުން އެ ސަރަހައްދުން އާއްމުން ދުރަށްޖެއްސިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!