Monday, 9 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ނަޝީދާ ދެކޮޅަށް މަޑަވެލީގައި މުޒާހަރާކޮށްފި

ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގދ. މަޑަވެއްޔަށް ވަޑައިގަތުމުން އެރަށުގައި އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް މުޙައްމަދު ނަޝީދު މަޑަވެއްޔަށް ވަޑައިގަތުމުން އެރަށުގެ ޒުވާނުން އިސްވެ ތިބެ އެމަނިކުފާނާ ދެކޮޅަށް އަޑު އުފުލައި އިހުތިޖާޖުކޮށްފިވާއިރު އެމުޒާހަރާގައި ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ކަންކަން ނަޝީދު ފަހަތުގައި ހުންނަވައިގެން ހިންގަވާ ކަމުގައި ބުނެ އެމަނިކުފާނު މަޖިލިސް ރައީސް ކަމުން އިސްތިއުފާދެއްވުމަށް ގޮވާލައްވާފައިވެއެވެ.

މިމުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ދިވެހިން ބުރަ މަސައްކަތުން ހޯދާފައިވާ ހަރުމުދާ ރައީސް ނަޝީދު ފަހަތްޕުޅުގައި ހުންނަވައިގެން ވިއްކަވާލައްވަމުންދާ ކަމުގައެވެ. އަދި އޭގެ އިތުރަށް ރައީސް ޔާމީން ދޫކޮށްލެއްވުމަށްވެސް މިމުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މިމުޒާހަރާގެ ބައިވެރިންވަނީ މަޑަވެލީގައި އޮންނަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ބަލިކުރާނެ ކަމުގައި ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް