ޚަބަރު

ކެމްޕޭނަށް ޕީޕީއެމްގެ ލީޑަޝިޕް ޅ، ނ އަދި ރ އަތޮޅަށް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ތިން އަތޮޅަކަށް ވަޑައިގެންފިއެވެ.

ޕީޕީއެމުން ބުނީ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެންފައިވަނީ ޅ.އަތޮޅާއި، ނ.އަތޮޅުގެ އިތުރުން ރ.އަތޮޅަށް ކަމަށެވެ.

މި ދަތުރުފުޅުގައި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން ކޯލިޝަނުގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެ އަތޮޅުތަކުގައި ތިބި ޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި ޕީޕީއެމްގެ "މަގޭ ރާއްޖެ" ގެ ދަށުން ކަނޑައެޅިފައިވާ ސިޔާސަތުތައް ރައްޔިތުންނާ ހިއްސާކުރުމަށް ކުރާ ދަތުރުތަކެއް ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމުން 679 ގޮނޑި އަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!