ޚަބަރު ސިޔާސީ

ރައީީސްގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ބަލައިގެންފި: ސައުދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ބަލައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ޙުސެއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

މެމްބަރު މިހެން ވިދާޅުވީ ޗައިނާގެ އެހީގައި ރާއްޖޭގެ ހަތަރު ރަށެއްގައި އަޅާ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހަދައިދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެންނެެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުތުރުގެ ދެ ރަށަކާއި ދެކުނުގެ ދެ ރަށުގައި ރީޖަނަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫ، އަދި ގއ. ވިލިނގިއްޔެވެ.

އެކަމަށް އިޝާރަތް ކުރައްވައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވީ ގއ. އަތޮޅާ ވިލިނގިލީ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ވަމުންދާ ކަމަށެވެ.

"ރައްޔިތުންގެ އުއްމީދުތަައް ހަޤީޤަތަކަށް ހެދުމަށް ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ،" މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު، ސައުދު ވިދާޅުވިއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ސާލިޙު އިއުލާނު ކުރައްވާފައިވާއިރު، އެ މަނިކުފާނު ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!