ރާޝިދު ރައީީސް ނަޝީދަށް: ޓީމުގެ ކެޕްޓަން ކަން ނުލިބޭ ކޮންމެ ފަހަރަކު އިދިކޮޅު ޓީމަށް ދިޔުމަކީ ލީޑަރުންގެ ސިފައެއް ނޫން

ޓީމުގެ ކެޕްޓަން ކަން ނުލިބޭ ކޮންމެ ފަހަރަކު އިދިކޮޅު ޓީމަށް ދިޔުމަކީ ލީޑަރުންގެ ސިފައެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ނަޝީދަށް ފާޑުވިދާޅުވެ ރާޝިދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޓީމްގެ ކެޕްޓަން ކަނޑައަޅަނީ ޓީމުގެ އެންމެންގެ މެދުގައި މަޝްވަރާކުރެވި، ގިނަ ގޮތްގޮތުން އެންމެ ރަނގަޅު މީހާކަމަށެވެ.
"ޓީމްގެ ކެޕްޓަން ކަނޑަ އަޅަނީ ޓީމުގެ އެންމެންގެ މެދުގައި މަޝްވަރާކުރެވި ގިނަ ގޮތްގޮތުން އެންމެ ރަނގަޅު މީހާ. ކެޕްޓަން ކަން ނުލިބޭ ކޮންމެ ފަހަރަކު ބައި ކޮޅަށް ގޯލް ޖަހަންދިނުން، ޓީމް ދޫކޮށް ދިއުން ނުވަތަ ބޮޑާ ހާކާފަ އިދިކޮޅު ޓީމަށް ބަދަލު ވުން މީ ލީޑަރުންގެ ސިފައެއްނޫން" ރާޝިދު ވިދާޅުވިއެވެ.
ރާޝިދު މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު، އެމްޑީޕީ ދޫކުރައްވައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދުކުރައްވަން ނިންމެވި ނިންމުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ ޖުމްހޫރީ ޕާޓީއަށް ތާއިދުކުރައްވައި، އެޕާޓީގެ ލީޑަރ ޝިޕާއެކު ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.
ބޭބެ ގިފިލި ބެލުމަކީވެސް ރީތި ސިފައެއްނޫން