ޚަބަރު ސިޔާސީ

ވައްޑެ އިމްރާނަށް: މޭޑޭ މުޒާހަރާގައި އާންމުން ދޫކޮށް ތިބޭފުޅުން ފިއްލެވީ ނޫންތޯ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

މޭޑޭ މުޒާހަރާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން އިމްރާންމެން ފަދަ ބޭފުޅުން މުޒާހަރާ އެންމެ ހޫނުވި ވަގުތު ވަނީ ފިއްލަވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުން ވައްޑެ ވިދާޅުވީ މުޒާހަރާ އެންމެ ހޫނުވި ވަގުތު އާންމުން ދޫކޮށް އިސްކޮސް ތިއްބެވި ބައެއް ބޭފުޅުން ފިއްލެވި ކަމަށާއި ވެރިކަމުގެ ފަސް އަހަރުގެ ދައުރެއްލިބި ބާރުތައް އޮތް އިރުވެސް މިއިންކަމަކަށް އިންސާފު ލިބިފައި ނުވާކަމަށް ވައްޑެ ވިދާޅުވިއެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރެވުނީ "މޭޑޭ"ގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާ ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!