ޚަބަރު ސަރުކާރު

އާސަންދަ ހަރުދަނާ ކުރުމުގެ ކަންކަން ތަންފީޒުކުރަން ފެށުމުން އާސަންދައަށް ކުރާ ހަރަދު ކުޑަވާނެ: މިއުވާން

ރައުފާ ރަޝީދު ، ދެން އޮންލައިން

އާސަންދަ ހަރުދަނާ ކުރުމުގެ ކަންކަން ތަންފީޒުކުރަން ފެށުމުން އާސަންދައަށް ކުރާ ހަރަދު ކުޑަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އާސަންދައަށް ކުރާ ހަރަދު ކުޑަކުރުމަށް ސަރުކާރުން މިއަހަރު ތެރޭގައިވެސް މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

އަދި އާސަންދައަށް ގެންނަ ބަދަލުތައް ތަންފީޒުކުރަން ފެށުމުން އާސަންދައަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށާއި ޖުމްލަކޮށް މުޅި ނިޒާމު ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 730.9 މިލިއަން ރުފިޔާއެވެ. ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރައެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރައްވައިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އާސަންދަ ބަޖެޓުން 60 އިންސައްތަ ވަނީ ހޭދަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!