ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ހިންގާ ޚަރަދު ދައުލަތުގެ ބާކީ ތިބި ހުރިހާ ވެރިންނަށް ވުރެ ބޮޑު: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ހިންގާ ޚަރަދު ދައުލަތުގެ ބާކީ ތިބި ހުރިހާ ވެރިންނަށް ވުރެ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެކިއުރިޓީއަށް 52 މިލިއަން ހަރަދު ކޮށްގެން ކުރިޔަށްގެންދާއިރު އެކަމާ ހިންހަމަ ނުޖެހެންޏާ މުޅި ދަޢުލަތުގެ ބަޖެޓު ހުސްކޮށް ހަރަދު ކުރިޔަސް ހިތްހަމަ ނުޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޒަރީރަށް މަރުގެ ހަމަލާއެއް ދިނުމުންވެސް މަޖިލީހުން އެއްވެސް ސެކިއުރިޓީއެއް ދީފައިނުވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ހިންގާ ޚަރަދު ދައުލަތުގެ ބާކީ ތިބި ހުރިހާ ވެރިންނަށް ވުރެ ބޮޑު ކަމަށާއި ނަމަވެސް “ސެކިއުރިޓީދޭ ކަމަކަށްނުވޭ” ކަމަށެވެ.

“ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ތަހުގީގުކޮށް، ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ހިންގުމުން ދަނީ އިންސާފު ލިބޭ ކަމަކަށް ނުވޭ” ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo
  1. އަލިހޮއްކޮ

    ނަޝީދު ތިޔައީ މިގައުމަށް ދިމާވެފައި އޮތް ބޮޑު ބލ ވެރިކަމެކެވެ. ވެރިކަމުގައި ހުރިއިރުވެސް އަދި ވެރިކަމުން ބޭލުވީމާވެސް އެވެ. ތިޔަ ނޮފޮރުއްޕާނުން މި ގައުމު މިންޖެވާނީ ކޮން ދުވަހަކުން ބާވައެވެ؟

  2. ގައިމުކެވިއްޖެތަ

    މިކަލޭގެެ މިހާވަރަކައްމިތެޅިބާލަނީީ ގައިމުފައްވަރެއްލިބިގެންތަަ އަހަރުމެންދުށީމުު ވައިވަރުނުވެގެންް އަބުރާހޭރިޔާކުރާދޯންޏެއްގޮތައްް އެކިދިމަދިމާލައްް އަބުރާާ ހޭރިޔާކުރާތަންް މިހާރުު މިފެންނަނީީ ގައިމުު ފައްވަރެއްް ނަގައިގެންް އެކަމުންް ސަލާމަތްްވާންް ތެޅޭމަންޒަރުު

  3. އަބްދޫ

    މި ނަސީދަކީ އިއްޒަތާއި އަރާމު ބޭނުންވާ ވަގެއް .ބޮމަކީ ވެސް މި އިއްޒަތް ހޯދުމަށް އޭ ނަ ރާވައިގެން އުޅޭ ޕްލޮޓެއް ކަމަށް ތުހުމަތުކުރެވޭ. ރައީސްކަމަށް ގެނައުމަށް ގާނޫނުއަސާސީން ހުއްދަ ނުކުރާމީހަކު ރައީސަކަށް ހެދުމުން ވާނެ 4 އެތި މިވީ . ކްރިމިނަލް ކޯޓުން ވައްކަމުގެ ހުކުމެއްކޮށް ތަންފީޒުކުރެވިފާވޭ. ގާނޫނުއަސަސީގެ 109 ގަ އެބައޮތް އިސްލާމްދިނުގަ ހައްދުކަނޑައެޅިފައިވާކުށެއް ސަރިއަތަށް ސާބިތުވެފައިވާ މީހަކަށް ރައީސްކަމުގަ ވާދަ ނުކުރެވޭނެ ކަމަށް .އަލްމާއިދާސޫރަތުގެ 38 ވަނައާޔަތުގަ ވައްކަމުގެ ހައްދު ބާވައިލައްވާފަ ވޭ.ސްޕްރީމްކޯތްކީ ކީރިތި ގުރްއާނުގެ އާޔަތެއް މަންސޫހު ކުރުމުގެ ބާރުވެސް ގާނޫނުއަސަސީގެ އަކުރެއް ބާތިލް ކުރުމުގެ ބާރުވެސް ލިބިފައިވާ ތަނަކަށް ނުވާ އިރު ވައްކަމުގެ ހުކުމްއޮވެމެ ކެންޑިޑޭޓް ސައްހަކުރެވޭނެ ހަމައެއް ނޯންނާނެ. 2008 ގަ ސްޕްރީމްކޯޓުން ހުމްކޮށްފަވަނީ އިލެކްސަނުން ނިންމި ގޮތް ސައްހަކަމަށް. އެހުކުމުން ދެފުށަށް ކެނޑެވޭ ސައްހަކުރިޔަސް ނުކުރިޔަސް އޯކޭ މިހާލަތުގަ. އިލެކްސަނުންބަލަންޖެހޭނީ ގާނޫނުއަސާސީގެ 64 ވަނަ މާއްދާއަށާއި ކީރިތި ގުރްއާނުގެ އަލްމާއިދާ ސޫރަތުގެ 38 ވަނައާޔަތަށާއި ގާނޫނުއަސާސީގެ 109 ވަނަ މާއްދާއަށާއި ކްރިމިނަލް ކޯޓް ގެ ހުކުމަށް ،ވައްކަމުގެ ހުކުމް ބާތިލް ނުކޮށް ސްޕްރީމްކޯޓްގެ ހުކުމަށް ރިއާޔަތް ކުރެވޭނެ އެއްވެސް ހަމައެއް ނެތް.

  4. 2008 ކުން ފެށިގެން މަވޯޓާ މެން އެކި ކުލަޖައްސަމުން ކުޅެމުން މިއަންނަ ފިލްމު ކުޅެ ނިމޭއިރު މީގައި ހުންނާނީ ކޮންގޮތެއްބާ، މަވޯޓާމެން ކަހަލަ ބޭރުގެ ވިޔަފާރިވެރިން ކޮންޓުރޯލް ކުރާ މަޖިލިސް މެމްބަރުން ޑައިރެކްކުރާ ފިލްމު ބަލާނެ ބަޔަކުވާނެބާ ހިލޭސާބަހަށް އެޅުވިއަސް !