Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

މިހާރު އިއުލާން ކުރެވިފައި ހުރި ހައުސިން މަޝްރޫޢުތަކަށް ބޭނުންވާ ބިން އެބައޮތް: މިއުވާން

މިހާރު އިއުލާން ކުރެވިފައި ހުރި ހައުސިން މަޝްރޫޢުތަކަށް ބޭނުންވާ ބިން އެބައޮތް: މިއުވާން

ހުޅުމާލެއިން ބިން ހިއްކުމުގެ މަޝްވަރާތައް ކުރަމުން ދަނީ މިހާރު އިއުލާނުކޮށްފައިވާ ހައުސިން މަޝްރޫއުތަކަށް ބޭނުންވާ ބިން ނެތިގެން ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މަޝްރޫޢުތައް އިއުލާންކޮށްފައިވަނީ ބިން އޮތްކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑު ޔަޤީންކޮށް މިދަންނަވަނީ، މިހާރު އިއުލާން ކުރެވިފައި ހުރި ހައުސިންގް މަޝްރޫޢުތަކަށް؛ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް ބޭނުންވާ ބިން ނެތިގެނެއް ނޫން. އެކަމަށް ބޭނުންވާ ބިން މިހާރުވެސް އެބައޮތް. އެކަން ކަށަވަރު ކުރުމަށް ފަހު އިޢުލާނު ކުރެވިފައި އޮތީ " މިއުވާން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ހުޅުމާލެގެ ފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން އާބަންކޯއާއެކު މަޝްވަރާ ކުރަމުންދާއިރު، މިކަމުގެ އިތުރު ތަފްސީލެއް މިއުވާން ނުދެއްވައެވެ.

ހުޅުމާލެއިން އިތުރަށް ހިއްކަން އުޅެނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ.

އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ. މިއީ ހުޅުމާލެ މާސްޓާ ޕްލޭނުގައި ކުރޫސް ޝިޕް ޓާމިނަލް ހެދުމަށް ނިންމާފައިވާ ސަރަހައްދެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް