ޚަބަރު ސިޔާސީ

ތަރައްޤީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ނުތަނަވަސްކަން ކުޑަވުން: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތަރައްޤީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ނުތަނަވަސްކަން ކުޑަވުންކަމަށާއި މި ފަސްއަހަރު ނުތަނަވަސްކަމާ އަތްމަތި ދަތިކަން ވީ މާބޮޑު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ތަރައްޤީއާއި ގުޅުވައިގެން ވައްޑޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްޤީއަކީ އަސްލު އަގަށްވުރެ އެތައް ގުނައެއް ޚަރަދުބޮޑު އިންޖީނުގެ އާ އިމާރާތެއް އެޅުމެއް ނޫން ކަމަށެވެ.

"ތަރައްޤީއަކީ އަސްލު އަގަށްވުރެ އެތައްގުނައެއް ޚަރަދުބޮޑު އިންޖީނުގެ އާ އިމާރާތެއް އެޅުމެއް ނޫން. ތަރައްޤީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ނުތަނަވަސްކަން ކުޑަވުން. ގައިމުވެސް މި ފަސްއަހަރު ނުތަނަވަސްކަމާ އަތްމަތި ދަތިކަން ވީ މާބޮޑު" ވައްޑޭ ވިދާޅުވިއެވެ.

މި ސަރުކާރުގެ ތަރައްޤީގެ ޕްލޭނަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީ ކުރުންކަމަށް ސަރުކާރުން ބުނަމުން އަންނަ އިރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ކޮރަޕްޝަނާއެކުގައި ކަމަށެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކަށް ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރެއެވެ.

Ads by Ooredoo
  1. ތަމެންދޯ

    ސަރުކާރުން ރާއްޖެތެރޭގެ ކުދި އާބާދީ ތަކަށް ބޮޑެތި ޚަަރަދުކުރަނީ ރައީސް އިބޫ އާއި އައްޑޫ ޝައުނާ މެން ނަކީ ރާއްޖެތެރޭ މީހުން ކަމަށްވާތީވެ އެމެން ބުނަނީ މާލޭ މީހުން ވެރިކަމުގައި ރާއްޖެތެރެއަށް ކަމެއް ކޮށްނުދެނީއޭ މިލޭބަލް އަޅުވައިގެން އެމެން ހިޔަންޏަށް މުޑި ނަގަނީއޭ މިސަރުކާރުން މިވީ 5 އަހަރު ރާއްޖެތެރެއަށް ކުރި އެއްވެސް ޚަރަދަކީ އެއީ އެޚަރަދު ކުރުމުގެ ކުރިން އެއީ އިކޮނޮމިކް ސައެންސް އެޕްލައި ކޮށްގެން ފީސްބްލް ކަމެއްތޯ ސްމިއުލޭޓް ކޮށް ނަތީޖާ ނެރެފައި ނެތޭ މިސަރުކާރުގެ އެސްއޭޕީ މަމެން ކިޔާލިން 6 ފަހަރު އެއްކޮޅުން ފެށިގެން އަނެއް ކޮޅަށް ނެތޭ އެއްގޮތަކަށް ވެސް ހިސާބު އިލްމް އެއްގޮތަކަށް ވެސް ބޭނުންކޮށްފައި މުޅިން އަލިފުލައިލާ ވާހަކައޭ އޭގައި ލިޔެފައި ހުރީ އެއީ ހިޔަންޏަށް މުޑިނެގުމަކީ ސަރުކާރުން އެއްބަސްވިއަސް ނުވިއަސް އިގްތިސާދީ އިލްމްގެ ސައެންސާއި ޚިލާފަށް މަސައްކަތް ނުކުރެވޭނެއޭ މިދުނިޔޭގައި ހުރިއްޔާ ހުރި ހުރިހާ ހިސާބު އިލްމެއް ނައްތާލާ ސުމަކުން ފެށިނަމަވެސް އަނެއްކާ ވެސް ހަމަ މިހާރު ބޭނުންކުރާ މެތެމެޓިކްސް ފޯރމިއުލާތައް ޑިސްކަވަރ ކޮށްގެން ނޫނީ ދުނިޔެެ ބިނާ ނުކުރެވޭނެއޭ އެކަމަކު ގައުމެއްގައި ވާހަކަ ދައްކާ ބަހެެއް ނައްތާލާ އާބަހެއް އުފެއްދިދާނެއޭ އިންސާނުން ބޭނުންވާ ގޮތަށް އެކަމަކު ހިސާބު އިލްމާއި ނުކުޅެވޭނެއޭ އިންސާނުންނަށް ސަބަބަކީ އެއީ ގުދުރަތުން މިކާއިނާތް އުފައްދަވަން ބޭނުންކޮށްފައިވާ ލެންގުއޭޖަކީ އަދި ޓޫލް އަކީ ވެސް އެގޮތުން ވިސްނާއިރު އިކޮނޮމިކްސް މަސައްކަތް ކުރާނީ ސްޓެޓިސްޓިކްސް ނުވަތަ ތަފާސް ހިސާބުގެ ސައެންސްގެ މައްޗަށޭ އެގޮތުން ބަލާއިރު ސަރުކާރުން ޓެކްސް ޕޭޔަރ މަނީން ކެޕެކްސް ޚަރަދު ކުރަން ޖެހޭނީ ތަފާސް ހިސާބު އިލްމް ބޭނުންކޮށްގެންނޭ އެއީ 1. ޑޭޓާ ކަލެކްޝަން 2. ޑިސްކްރިޕްޓިވް އެނަލައިސިސް 3. އިންފެރެންޝަލް އެނަލައިސިސް 4. އިކޮނޮމެޓްރިކް މޮޑެލިންގް 5. ޕޮލިސީ އިވޭލުއޭޝަން 6. ފޯކާސްޓިންގް މިކަންކަން ކޮށްނިންމާ މިހުރިހާ މާއްދާތަކުން އެއީ ބޭނުންތެރިކަމެއްގެ ގޮތުގައި ހިސާބު އިލްމުން ދައްކާނަމައޭ ދެން ކެޕެކްސް ޚަރަދެއް އެފަަދަ ކަމަކަށް ކުރަން ޖެހޭނީ އެގޮތުން ކުރާއިރު ވެސް ޖެހޭނެއޭ ބިޒްނެސްޕްލޭނެއް ހަދަން އެކަމަށް އަދި ބިޒްނެސް ޕްލޭން އަކީ ވެންޗަރ ކެޕިޓަލިސްޓް އުސޫލުން ވެންޗަރ ކެޕިޓަލިސްޓަކު އިންވެސްޓް ކުރާނެ މަޝްރޫއު އަކަށް ވާންޖެހޭނެއޭ މިއިން އެއްވެސް ކަމެއް ނުބަލާ ރައީސް އިބޫ ދަރަންޏަށް ޒިންމާވާން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެތީވެ ސަރުކާރުގެ ފައިސާ ޒާތީ ހަސަދަވެރިކަން ކުރިއަށް ނެރެގެން އެއް ހިއްސު މަދު އުސޫލުން ރާއްޖެތެރޭ ގަމާރު އާލާތުން ދައްކާ ކައްޕަޅި ވާހަކަ ތަކަށް ތަބާވެގެން ޓެކްސް ފައިސާ ޚަރަދުކުރުމުން ވާނީ އިތުރަށް ޚަރަދުބޮޑު އަދި ވެސް ޓެކްސް ބޮޑުކުރަން ޖެހޭނެއޭ ކޮތަޅު ޓެކްސް ނޫން ދެން ނަގާނީ ޖަނގިޔާ ޓެކްސް އާއި ބްރިޝިއަރު ޓެކްސް އާއި ކޮންޑަމް ޓެކްސް އާއި ވީވޮޝް އިން ވެސް ޓެކްސް ނަގާ ތަން މަމެން ދެކޭނަމޭ…

  2. އަބްދޫ

    ދިވެހިރާއްޖެ ތަރައްގީކުރާނެގޮތުގެ ގާނޫނީ އޮނިގަނޑެއް ގާނޫނުއަސާސީގެތރޭން ގެނެސްގެން މެނުވީ ހުރިހާރައީސްުން ވެސް ދަވްލަތުގެ ފައިސާ ހަރަދުމިކުރަނީ ވޯޓް ގަަތުމަށް ގައުމު ތަރައްގީކުރާކަސެއްނޫން މައުމޫނު ހެދި 2020 ގެ ތަސައްވުރުގަ ޗވާގޮތަށް ރާއްޖެ 8 ސަރަހައްދުގެ 8 ރަށެއް ތަރއްގީކުރިމަ ރާއްޖެ އިންނާނީ ފުރިހަމަ ތަރައްގިގަ. ރާއްޖޭގެ ކުންދުނިތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ފޮރުކޮށްދިނުމަށް ބޭކާރު އެތައްހަރަދެއްކުރަންއެބަޖެހޜ. ބޭންކްއޮފް މޯލްޑިވްސް އިން ބޭންކް ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ ބޭނުމެއްނެތް އެތައްހަރަދެއްކުރަނއެބަޖެހޭ ފެންކުންފުނިންވެސް ހަމަމިފަދައިން ހަރަދުކުރަންއެބަޖެހޭ. މިއީ 8 ސަރަހައްދުގެ އެއްފަސް ނަމަ 8 ސަރަހައދު ތަރައްގީވެ މިހާރު އެކުންފުނިތަކަށް ލިބޭ މަންފާ 8 ގުނައަށް އިތުރުވެގެން ދިޔައީސް. ސަރުކާރުގެ ހަރަދިތައްވެސް މިފަދަ އެ 8 ރަށުގަ ގައުމުގެ އާބާދީ އުޅެން ފެށިނަމަ މާލޭ އާއި އެ އަނެއް 7 ރަށް އޮންނާނީ ދުނިޔޭގެ ނިސްބަތުން ސިންގަޕޯރ ފެންވަރުގަ. މިހާރު މިގައުމުގެންދާގޮތުން ކުރިޔަށް 500 އަހަރުވެސް ރާއްޖެ އޮންނާނީ މިހާލުގަ.