ޚަބަރު ސިޔާސީ

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާޢުގައި ވާަހަކަ ދައްކަވަން، ރިފްއަތު މަޖިލީހަށް ވަޑައިނުގަންނަވާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުއާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު، އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއސުގައި ވާހަކަ ދެއްކެވުމަށް އޭނާ މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ހުށަހަޅުއްވައިފިއެވެ.

Ads by MWSC

އެޓާނީ ޖެނެރަލް(އޭޖީ)ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މި މައްސަލައިގައި މެމްބަރުން ދ ގަޑިއިރު ބަހުސް ކުރާނެ ކަމަށާއި، ބަންޑާރަނައިބަށް ޖަވާބު ދިނުމަށް ބަހުސްގެ ތެރެއިން އަދި ނިމުމުން 10 މިނެޓްގެ ފުރުސަތު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް ދިފާޢުގައި ވާހަކަ ދެއްކެވުމަށް ބަންޑާރަނައިބު މަޖިލީހަށް ހާޒިރުނުވާކަމަށާއި އޭގެ ބަދަލުގައި ލިޔުމުން ޖަވާބު ދެއްވައިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރާ އިދިކޮޅު 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މަޖިލީހުގައި މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ހާސިލްވެގެންނެވެ. އެހެންކަމުން ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާއެކުގައެވެ.

Ads by Ooredoo
  1. އަބްދޫ

    މަޖިލީހަށް އައިސް ޖަވާބުދާރީ ނުވުމަކީ އެއްވެސް މައްސަލައެއް ނޫން. ލިއުމުންފޮނުވި ޖަވާބުގަ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަޔަށް ޖަވާބުދާރީ ނުވުމަކީ މައްސަލައެއް . މިކަމުގެ މަޖިލީހުގަ ޖަވާބުދާރީ ވާންޖެހޭ ސުވާލުތައް ފޮނުވާ އޭހގަ ޖަވާބު ހޯދަންޖެހޭނެ. ހާއްސކޮށް ރައީސް ފޮނުވި ސިޓީގަ އެޓަރނީޖެނެރަލްގެ އެއްވެސް ދަވްރެއް އޮތްތޯ ބަލަންޖެހޭނެ. އެއީ ގާނޫނުއަސަސީގަ ބުނަނީ ގާނޫނީ ކަންކަމުގަ ރައީސަށް ލަފާއަރުވާނީ ދަވްލަތުގެ ބަންޑާރަނާއިބު ކަމުގާ. އެހެންވެ.