ޚަބަރު ސިޔާސީ

އިން ވަކި ކުރުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދައްކަނީ، ހަމަނުޖެހޭ ވާހަކަ: މިއުވާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަކީ ހަމަ ބުއްދިއަށް ޤަބޫލުކުރެވޭ ވާހަކަތަކެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ޤޒއުމުން ހިޔާލު ތަފާތުވުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ ރާއްޖެ  47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭ ގޮތަށެވެ.

މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ޤައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، އިން ވަކި ކުރުމުގެ މައްސަލައިގައި ސަރުކާރުން އިޓްލޮސްއަށް ހުށަހެޅި ލިޔުންތައް، އިޓްލޮސްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި، އިން ވަކި ކުރުމުގެ މަސައްކަތްތައް ކުރީ ސިއްރުން ނޫންކަމަށެވެ. އަދި އެއީ އެންމެހައި ފަރާތްތަކަށްވެސް ފެންނާނެހެން ކުރިއަށް ގެންދިޔަ މަސައްކަތްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 241 ކޮމިޓީއިން އެދިއްޖެ ހާލަތެއްގައި އެ ސިޓީ ހިއްސާކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައިވާނެކަން އޭނާ ފާހަގަހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ދެމެދު ބަދަލުކުރެވޭ ސިޓީތަކަކީ އާންމު ހާލަތެއްގައި އާންމުކޮށް ހިއްސާކުރާ އެއްޗެއް ނޫންކަމަށާއި، އެއްވެސް ޤައުމަކުން އެގޮތަށް ހިއްސާ ނުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެކަމާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައިވާނެކަން ފާހަގަކުރައްވައި، މިއުވާން ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުންވެސް މައްސަލައާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

 

 

  1. އަބްދޫ

    މައްސަލަޔަކީ ތިއެއް ނޫން އިންވަކިކުރަންރާއްޖެއިން އެދުމަކީ ވަރަށް ބޮޑު މައްސަލައެއް . ފޯޅުވެއްސަކީ މޮރިސަސްގެތަނެއްކަމަށް ގަބޫލުކުރުމަކީ ވެސް ބޮޑު މައްސަލައެއް .އިން ބަހަން އެދުމަކީ ފޯލުެއްސަކީ ރާއްޖޭގެތަނެއްނޫނޭ ބުނުން ،ކުރިން އިންވަކިކުރާކަށް ވެސް މޮރިސަސްގެ ތަނެއަކަމަކަށް ވެސް ނޭދުމަކީ ފޯޅުވެއްސަކީ ރާއްޖޭގެ ބައެއްކަމަށް ދުށުން އަދި އިސްތިއުމާރު ކުރެވިފައިވާ ރާއްޖޭގެ ބައެއްކަމަށް ދުށުން މިސަރުކާރން ހަދާފައިވާ ގޯހަކީ މިއީ ރާއްޖޭގެ 500 ކިލޯމީޓަރ ކައިރި ސަރަހައްދު ފުށުއަރާ . މޮރިސަސްއާއި 1500 ކިލޯމީޓަރ ދުރުގަ އެއްވެސް ބެހުމެއްނެތް އެއްވެސް ބަޔަކު ދިރި ނޫޅޭ އެތާގެ ރައްޔިތުންގެ ގޮތުގާ މިހާރު ބަޔަކުނެތް ރާއްޖޭގަ މީހުންދިރިއުޅޭތާ އެއްހާސްއަހަރެް މޮރިސަސްގަ މީހުން ދިރިއުޅޭތާ ގަރުނެއްނުވޭ، ފޯޅުވެއްސަކީ އިސްތިއުމާރީ ތަނެއް ، މިތަނުގެ ހައްގު އޮތީ ރާއޖެއަށްތަ ނުވަތަ މޮރިސަސްއަށްތަ. މިއުވާނެް ވެސް އަމިއްލަ ސިކުނޑިން ވިސްނަވާލައްވައިފިނަމަ ގޯހެއްހިގައިފި ކަމަށް ވިސްނިލައްވާނެ.