ޚަބަރު ރައްޔިތުންގެ މަޖިލިސް

މެމްބަރު ރާޝިދު އަލަށް ފަޓުލޫނު ލެއްވީ މިއަދު ކަމަށް އާޒިމް ވިދާޅުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަލީ އާޒިމް

މައްސަލަބޮޑުވެ ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދުވެސް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވާއިރު ޖަލްސާގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ފުރައްސާރަ ކުރުމާއި ބަހުގެ ހަމަލާތައް ރައްދުކުރުން މިއަދުވެސް ވަނީ ކުރިއަށް ގޮސްފައެވެ.

Ads by Sosun Fihaara

މިގޮތުން ބަލާލާއިރު މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އަލަށް ފަޓުލޫނު ލާން ފެއްޓެވި ދުވަސްކަމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވިދާޅުވެ އޭނާއަށް ވަނީ ފާޑުކިޔުއްވާފައެވެ.

"އިއްޒަތްތެރި ރައީސް މިރާޑޯ އަދި އަލަށް ފަޓުލޫނު މިލީ. އަދި އަލަށް ފަޓުލޫނުލީ." އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވީ މިއަދުގެ ޖަލްސާފެށުމާއެކު އާޒިމް ނެގި ނިޒާމީ މައްސަލައިގައި އޭނާ މިއަދުގެ ޖަލްސާގެ އެޖެންޑާއާއި މެދު ނުރުހުން ފާޅުކުރައްވާ ދެއްކެވި ވާހަކައަށް ހުރަސް އަޅުއްވައި މެމްބަރު ރާޝިދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

މަޖިލީހުގައި މެމްބަރުންގެ ނިޒާމީނުކުތާތަކާއި އަޑުގަދަ ކުރުންތަކާއިއެކު މަޖިލީހުގެ ރިޔާސަތުން ނިންމެވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކައި މަޝްވަރާ ކުރައްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވުމަށެވެ.

އޭގެ ފަހުން ދެވަނަ ފަހަރަށް މަޖިލިސް ފެށުމުންވެސް ދަ ޑިމޮކްރެޓްއަށް ނޮސްވަތްވާ މެމްބަރުން ވަނީ ރިޔާސަތުގެ ކުރިމަތީގައި ހުއްޓިތިބެގެން މަޖިލިސް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!