ކާމިޔާބީ އަކީ ހަމަ ކުއްލިއަކަށް ލިބޭ އެއްޗެއް ނޫން: އިމްރާާން

ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާއި ހަމައަށް ވާސިލްވެވޭނީ އެކަމެއް ދެމެހެއްޓެވި ގޮތެއްގައި ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ކާމިޔާބީ ލިބޭނީ އެކަމެއްގައި ސާބިތުވެ ދެމިހުރެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ބުރަ މަސައްކަތުންކަމަށެވެ.
ކާމިޔާބަކީ ހަމަ ކުއްލިއަކަށް ލިބޭ އެއްޗެއް ނޫނެވެ. ކާމިޔާބަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެވެ.އިމްރާން މިހެން ވިދާޅުވިއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވުމަށް 2023ގެ ރިޔާސީ އިންތިޚާބުގައިވެސް މަސައްކަތް ކުރަން އަދާލަތުން ވަނީ ނިންމައިފައެވެ. ރައީސް ޞާލިހަށް ކެމްޕެއިން ކުރުމަށް، އެ ޕާޓީއިން ޙަރަކާތްތެރިވާނެ ޓީމްތައް ތައްޔާރުކުރުމަށް ބޭނުންވާ ޓްރެއިނިންތައްވެސް އަދާލަތުން މިހާރު ވަނީ ފަށައިފައެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިމްރާން، އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލު ކުރެއްވުމަށް މީގެ ދެރޭ ކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރެއިން އަށާރަ އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ މުހިންމު ބަދަލުތައް ގެނައުމުގައި އަދާލަތު ޕާޓީގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.






ކޮމެންޓް