ޚަބަރު ސިޔާސީ

އަދާލަތު ޕާޓީގެ ޝެއިޚް އިލްޔާސް ޖަމާލު އެމްޑީއޭއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަދާލަތު ޕާޓީގައި ހިމެނި ވަޑައިގަންނަވާ ޝެއިޚް އިލްޔާސް ޖަމާލު އެމްޑީއޭއާ ގުޅި ވަޑައިގެންފިއެވެ.

Ads by STELCO

އޭނާ އެމްޑީއޭ އާއި ގުޅިވަޑައިގެންނެވިއިރު، އެ ޕާޓީން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީ އާއިއެކުގައި ކޯލިޝަން ހަދައިފައެވެ.

އިލްޔާސް ޖަމާލު މިހާރު ވެސް ހުންނެވީ ސަރުކާރުގެ މަޤާމެއްގައެވެ. އެގޮތުން މިހާރުވެސް އޭނާ އަކީ، އަދާލަތުގެ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސެވެ.

އެމްޑީއޭއަށް ސޮއި ކުރެއްވުމަށް ފަހު އިލްޔާސް ވިދާޅުވެފައި ވަނީ އެ ޕާޓީއާ ގުޅި ވަޑައިގަތީ ފުޅާ ދާއިރާއެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރައްވަން ކަމަށާއި، އެ ޕާޓީގެ ދީނީ ކައުންސިލާ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!