ޚަބަރު ސިޔާސީ

ރައީސް ޞާލިހް ހޮވިއްޖެނަމަ، އަމީނީމަގު ހައި ސްލޯކޮށް ނޫނީ، ކަމެއް ނުކުރެވޭނެ: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ފޮޓޯ ދެން އިމޭޖަސް

ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހޮވިވަޑައިގެންފި ނަމަ، މާލޭގެ އަމީނީމަގު މަޝްރޫޢުހައި، "ސްލޯ"ކޮށް ނޫނީ އެއް ކަމެއް ވެސް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ވައްޑޭ މިހެން ވިދާޅުވީ ރައީސް ކަމަށް ނުހޮވިއްޖެނަމަ، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމަކަށް އަންނާނެ ކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ޓްވީޓެއްގައި ހިއްސާ ކުރައްވަމުންނެވެ.

"ކަނޑައެޅިގެން ބޮޑު ދޮގެއް. ރ.ޞާލިޙު ނޫން ކޮންމެ ވެރިޔަކު އަޔަސް، މާބާރަށް ތަރައްޤީގެ މަސައްކަތްތައް ހިނގާނެ. އެކަމު ރ.ޞާލިޙު ހޮވިއްޖެ ނަމަ، ހަމަ އަމީނީމަގު ހާ "ސްލޯ" ކޮށް ނޫނީ އެއްކަމެއް ވެސް ނުކުރެވޭނެ." ވައްޑޭ ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޞާލިޙު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތަކަންދުއަށް ވަޑައިގެން އެ ރަށުގެ މީހުންނާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫޢުތައް ހުއްޓިދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!