ޚަބަރު ސިޔާސީ

ވެރިކަން ހިންގުމަކީ ކޮންކްރީޓުން ކުރާ ކަމެއްނަމަ،  އައުޓްސޯސްކޮށްފައި އެމްޓީސީސީއާ ހަވާލުކުރޭ: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވެރިކަން ހިންގުމަކީ ކޮންކްރީޓުން ކުރާ ކަމެއްނަމަ، ވެރިކަން އައުޓްސޯސްކޮށްފައި އެމްޓީސީސީއާ ހަވާލުކުރުން މާރަނގަޅު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ވައްޑޭ ވިދާޅުވީ ދެވަނަ ދައުރަކަށް ވެރިކަމަށް އަންނަން އުޅޭ މީހަކު ރަށްރަށަށް އަރައި، ކޮންކްރީޓް ކޮޅެއްގެ ވާހަކަ ނޫން ވާހަކައެއް ދައްކަން ނޭނގުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

"ދެވަނަ ދައުރަކަށް ވެރިކަމަށް އަންނަން އުޅޭ މީހަކު ރަށްރަށަށް އަރައި، ކޮންކްރީޓް ކޮޅެއްގެ ވާހަކަ ނޫން ވާހަކައެއް ދައްކަން ނޭނގުމަކީ ދެރަވަރު ކަމެކެވެ. ވެރިކަން ހިންގުމަކީ ކޮންކްރީޓުން އެކަނި ކުރާ ކަމެއްނަމަ، ވެރިކަން އައުޓްސޯސްކޮށްފައި އެމްޓީސީސީއާ ހަވާލުކުރުން މާރަގަޅުވާނެއެވެ." ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެކި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ކުރިއަށް ގެންދާ އަދި ގެންދިއުމަށް ހަމަޖެހިފައިވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދައްކަވަމުން އަންނަ ދަނޑިވަޅެއްގައިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!