ޚަބަރު ސިޔާސީ

ރައީސް ޞާލިޙު ފިތިގެން ދިޔަ ވަގުތު، ހަށިކޮޅުން އައީ މާމުއި: ސިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދުނިޔެއަށް ކުރިމަތި ވެގެން ދިޔަ، ކޮވިޑް-19 ގެ ޕެންޑެމިކްގެ ސަބަބުން، ޤައުމު ފިތިގެން ދިޔައިރު ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ހަށިކޮޅުން އައީ މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސިޔާމް މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގައި ރޭ "އަމާން ރާއްޖެ" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ، ކޮވިޑްގެ ދަތި ހާލަތުގައި ވެސް ޓޫރިޒަމް ދާއިރާގެ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދެވުނީ ސަރުކާރުގެ ވިސްނުން ހުރި ގޮތުން ކަމަށެވެ. އެހެން ނޫންނަމަ ފަތުރުވެރިކަން މިއަދު ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

އެގޮތުން އިންކަމް ސަޕޯޓުގެ ގޮތުގައި 400 މިލިއަން ރުފިޔާ އެތައް ބަޔަކަށް ބެހިކަން ފާހަގަކުރެއްވިއެވެ.

ފޮނި އެއްޗަކުން ނިކުންނާނީ ފޮނި،އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެ ފިތާލީމާ އަންނާނީ ފޮނި، އެހެންވީމާ އަޅުގަނޑުމެން ފިތިގެން ދިޔަ ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ފިތިގެން ދިޔައީ، ފިތިގެން ދިޔަ ވަގުތުގައި ވެސް އެމަނިކުފާނު ގައިން އައީ ކޯޗެއްތޯ، މާމުއި!

ރާއްޖެއިން ކޮވިޑް19ގެ ހާލަތުގައި ބޯޑަރު ހުޅުވާލައި އަމަލު ކުރި ގޮތުގެ ރެސިޕީ ހޯދުމަށް ސީޝަލްސް، ދުބާއީ އަދި އަވަށްޓެރި އިންޑިޔާ އާއި ނޭޕާލް ފަދަ ގައުމުތަކުން ވެސް ގުޅި ކަމަށް ވެސް ސިޔާމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo
  1. މަރްޔަމް

    ކޮސް ނުގޮވާ ސިޔާމެއް ކަމަކު

  2. ސީޔާމާ

    ކިޔޭ ނުކިޔޭއެއްނޭނގޭ މީހެއް މީ. މީގެކިރިން އަންހެނަކު ސުވަރުގެއިން ގަނޑުވަރެއވެސް ބިނާކޮށްދިން މީހެއް މީ

  3. ދޮށީބޭ

    ސިޔާސީދާއިރާއިން ފެއަށްޖެހިލައްވާ! ވަރަށްބޮޑަށްލަދުގަނެ،އެހާމެ ފަކުރުވެސް ގަނެއްޖެ.ހާދަދެރައޭ!!!ހާދަހިތާމަވެރި ދުވަސްތަކޭ މިފެންނަނީ؟

    • ލިޔާމީހާ

      އެހެންވީމަ ފަޒުނާ އަށް ހާދަ މާމުޔެއް ބޮވިފަ ހުންނާނެ ދޯ!

  4. އަލީބެ

    ފިރިހެނިން ފިތުނީމަ އާންމުކޮށް ނިކުންނަނީ ހުދުއެއްޗެއް. ޢިބޫ ގެ މާމުއި ނިކުތީމަ ހަމަތަފާތު