އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ އިތުރުން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ވެސް އެ ބަދަލު ގެނައުމަށް އިސްލާހުތަކެއް ގެންނަން ޖޭހޭނެ ކަމަށެވެ. ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވުމާއެކު، އެ އިސްލާހު ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ޑިމޮކްރެޓްސް އިން މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވީ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ބަޖެޓުން މަޖިލީހަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުން ދިޔުން ހުއްޓުވުމަށެވެ.
މި ހުށަހެޅުމާ އެކު އިންތިހާބާ ބެހޭ ގާނޫނަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ އިސްލާހުތައް ވެސް މަޖލީހަށް ވައްދާނެ ކަމަށް އިލްޔާސް މިއަދު ވިދާޅުވިއެވެ.
ތީވަރައްް ރަގަޅައްް ވިސްނާފަަ ކުރިކަމެއްކަމައްް ގަބޫލުކުރެވޭޭ އަދިި އެމީހުންނައްް އިނާޔައްތައްވެސްް މެމްބަރުކަންގެއްލުމުންް އުނިކުރަންފެނޭޭ ދައުލަތުގެެ ވަޒީފާތައްް ފުރާާ ވޯޓުންހޮވާާ އެންމެނައްް ވެސް މަގާމާާ ދުރުވާާ ހަމައިންް ހުރިހާއިނާޔަތަކާާ އެލަވަންސެއްް އުވޭގޮތައްް ފާސްކުރީމާާ އިންސާފައްް މަސައްކަތްކުރާނެެ