ޚަބަރު ސިޔާސީ

ނަވާވީސް ދުވަސް ފަހުން، ދިވެހީން މި ވެރިކަން ނިންމާނެ: ވައްޑޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނަވާވީސް ދުވަސް ފަހުން، ދިވެހި ރައްޔިތުން މިވެރިކަން ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ވައްޑޭ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ގއ.ވިލިނގިއްޔަށް ވަޑައިގަތުމުން، އެރަށުގެ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ކުރި އިހްތިޖާޖުގެ ތެރެއިން ފުލުހުން އަންހެނަކު ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވިޓަރގައި ހިއްސާ ކުރައްވަމުންނެވެ.

‏އޭނާ ވިދާޅުވީ، އަމިއްލަ ރަށު އަތިރިމަތީ ހުރެ ޝުއޫރެއް ފާޅުކޮށްލީތީ ދޮށީ އުމުރުގެ އަންހެނަކާމެދު މިހާ އަނިޔާވެރިކޮށް އަމަލުކުރާނީ ވެރިކަން ވަރަށް ބަލިކަށި ވުމުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 29 ދުވަސް ފަހުން ދިވެހީން މިވެރިކަން ނިންމާނެ."

ރައީީސް ވަޑައިގަންނަވާތީ ގއ.ވިލިނގިލީގައި މުޒާހަރާ ކުރިއިރު، އެ ރަށުގެ ބަނދަރު ސަރަހައްދުގައި އެސްއޯ ފުލުހުން ރިއޮޓް ގިޔަރުގައިވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ ކުރިންވެސް ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު އިދިކޮޅުން މުޒާހަރާ ކުރެއެވެ. އަދި މުޒާހަރާ ހުއްުޓުވަން ފުލުހުން ހަރަކާތްތެރިވަމުން ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!