ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ސަރުކާރުން ހިލޭ ގޯތި ދިނުމުން އެއީ ރިޝްވަތުގެ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސިފަ ކުރައްވައިފިއެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހައި ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއް ކަމަށެވެ.
އެކަމަކު ވޯޓުލާން ދެތިން ހަފުތާއަށް ވުމުން ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއީ ވަންހަނާ ކުރެވޭނެ ކަމެއް ނޫން. އެކަމަކު އޭސީސީ އަށް އެތަން ފެންނަ ކަމަކަށް ނުވޭ،" ދުންޔާ ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް މި ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ވަނީ ގުރު ނަގަން ފަށައިފައެވެ.
ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެނީ އެތަނުން 18،948 ފަރާތަކަށެވެ.
އަދި ބާކީ 684 އެ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވީ ނަމަވެސް އެކަމަށް އަދި ބިން ބޭނުން ވެއެވެ. ދާއިމީ ލިސްޓް އާންމު ކޮށްފައި ވަނީ ޝަކުވާ ހުށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހުއެވެ.
ބަލަ ކަމަނާ ބައްޕާ ފުޅު ރިޝްވަތު ނުދީތޯ 30 އަހަރު ހުންނެވީ
ހުޅުމާލޭ އިން ހިލޭ ބަންޑާރަ ގޯތި ދޭ ނަމަ، ހުޅުމާލޭ ސޯޝަލް ހައުސިން ފުލެޓް ތަކުގެ ބިމުގެ އަގު ދައްކާކަށް ނުޖެހޭނެ ހަމަ އެކަނި ދައްކަން ޖެހޭނީ ޢިމާރާތުގެ އަގު !
ދުންޔާ މައުމޫން އެވިދާޅުވީ ހަމަރަގަޅަށް
އިންތިޚާބް ބޯމަތިވީމާ ސޯލިހކުރާކޮއްމެ ކަމެއް ކުރެއް
ވިއަސް އެވާނީ ރައްޔަތުންނަ ދެވޭރިސްވަތަކަށް
ދުންޔާ މައުމޫން އެވިދާޅުވީ ހަމަރަގަޅަށް
އިންތިޚާބް ބޯމަތިވީމާ ސޯލިހކުރާކޮއްމެ ކަމެއް ކުރެއް
ވިއަސް އެވާނީ ރައްޔަތުންނަ ދެވޭރިސްވަތަކަށް
ބަލަ ކަލޭ ތިއުޅެނީ ގަނޑުވަރުތަކުގައެއްނު. ދެން ރައްޔިތުމީހާ އަށް ދިރިއުޅެނެ ތަންކޮޅެއް ލިބުމުން ކަލެއަށް ވަނީ ކޮން ގެއްލުމެއް. އަނގަނާރުވަ މަޑުން ހުރެވޭތޯ ބަލާބަލަ ދައިތަގަނޑާ.