Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ކެމްޕެއިނަށް ހުރަސް އެޅުން ބަލައެއް ނުގަނެވޭ: އިމްރާން

ކެމްޕެއިނަށް ހުރަސް އެޅުން ބަލައެއް ނުގަނެވޭ: އިމްރާން

ެކެމްޕޭނަށް ހުރަސްއަޅައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މި ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ، އަދި ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ މިއަދު ހަވީރު ކ.ގުރައިދޫގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގާފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަނުޖެހުމުގައި ދެ މީހެއްގެ ބޯ ފަޅާލައިފައިވެސް ވެއެވެ. މި މައްސަލައިގައި އުމުރުން 22 ‏އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރިއެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެމްޕޭނު ކުރުމުގައި ވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައި ވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ، ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި މިފަދަ ކަންކަމުން ދުރުވެތިބުމަށް ވެސް އިމްރާާން ގޮވާލައްވައިިފައިވެއެވެ.

ގުރައިދޫގައި ހަމަނުޖެހުން ހިންގީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގަންނަވާތީއެވެ.

އެމަނިކުފާނުގެ ދަތުރުފުޅާއި ގުޅިގެން، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ނުކުތުމުން އިދިކޮޅުގެ ސަޕޯޓަރުންނާ ދެމެދު ހިނގި ބަހުގެ ހަމަލާތަކެއް ހޫނުވެ، އެންމެ ފަހުން ހަމަނުޖެހުމަކަށް ބަދަލުވީއެވެ.

 

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް