ޚަބަރު ސިޔާސީ

މި އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ60 އިންސައްތައަށްވުރެ މަތިން: މޫސަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިޚާބު ކަމިޔާބު ކުރާނީ، 60 އިންސައްތަ މަތިން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

Ads by STELCO

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުގައި މިރޭ، ބ.ތުޅާދޫގައި ެބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ.

މޫސަގެ ވާހަކައިގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ މެމްބަރުންނަށް ސުވާލެއް ކުރިމަތި ކުރުވައި، ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އަކީ އިހްލާސްތެރި ބޭފުޅެއްތޯ އެއްސެވިއެވެ. އަދި ވެރިކަން ލިބިވަޑައިގަތަސް، މުއިއްޒުއަށް އިދިކޮޅު ލީޑަރު، ރައީީސް ޔާމީން މިނިވަން ކުރެވިދާނެކަމާއިމެދުގައި ވެސް ސުވާލު އުފެއްދެވިއެވެ.

މޫސަ ވިދާޅުވީ މިއީ ޕީޕީއެމްގެ މެމްބަރުން ވޯޓުލާން ނުކުންނައިރު، ވިސްނައިލަން ޖެހޭނެ ކަންކަން ކަމުގައެވެ.

މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ރައީސް ޔާމީން ޤާނޫނީ އިމުގެ ތެރެއިން މިނިވަން ކުރުމަކީ، އެންމެ އުފަލާއިއެކުގައި އަދާ ކުރައްވާނެ ޤައުމީ ވާޖިބު ކަމަށެވެ.

Ads by HDC
  1. ކުރީފަހަރުހެން ވަގުވޯޓުންތަ

  2. ޙަނީފު

    ތީހަދަހަދައިގެން ސްޓޯރީ ވިހައިގެން ދޮގުވާހަކިޠަބެޔެއް

  3. ފެއިލިއާސް

    ﷲގެެއިރާދަފުޅުންް މިއިންތިހާބުގަަ އެންމެެ ފުލައްއޮންނާނީީ އެންމެބޮޑުު ފެެއިލިއާއެއްގެެ ގޮތުގައިި އޮންނާނީ އެމްޑީޕީީ އޭގެެ ހެއްކަކައްފުދޭނެެ އިބުރޭޭ، މާރިޔަލާއިމްރާންް މެންތެޅޭތެޅުމުންް އެމީހުންނައްް އެގޭނެެ ކޮންމެެ ތަނެއްގައިި ވެސްް ފެންނަނީީ މަދުމޫނެއްކަންް ހުރިހާތާކައްް ދެމެނީި ހަމަަ އެމަދުު މީހުންކަންް އެހެންވެގެންް ކިޔޭނުކިޔޭއެއްވެސްް ނޭގެނީީ މިހާރުު ދިވެހީންބޭނުންވަނީީ ކިޔަވައިގެންހުރިި ތަންދޮރުފިލާާ ބޭރުގެެ ހަދިޔާތަކައްނުހެއްލޭނެެ ވަރުގަދަަ އީމާންތެރިި އިހުލާސްތެރިއެއްް އިބުރޭޭ ދިއުޅޭގޮތުންް ކުޑަދަރީންނައްވެސްް އެގޭތީީ ތާނުންތާކުނުޖެހޭޭ ބޭކާރުު ވައުދުފޮއްޓެއްކަންް މޫސަވެސްް މިހާރުު ތިކޮޅުފެއިލިވެއްޖެކަމައްް ބަލާަ އެހެންގޮތެއްހޯދަންމަސައްކަތްް ތިކުރަނީީ ފިލާހުރެގެންް ދެދިމާލައްް ފައިބާލައިގެންް ހުރެމޫސަޔައްފަސޭހަވެދާނެެ ތިގޮތައްް އެކަމަކުު އިބުރޭމެންް އިމުރާނުމެންް މާރިޔާނެންް އެތިބީީ ވަންނާނެެ ހިޔާކޮޅެއްނުފެނިފަަ ސަރުކާރުގެެ ގިނަވެރިންް ކުޑަދަބަސްތައްް ރެޑީކުރަންފަށާފިި މިކަންއެގޭޭ ހުރިހާއޮފީސްތަކެއްގެެ ހުރިހާާ މުވައްޒަފުންނައްވެސްް އިބުރޭޭ އުޅޭނެގޮތްް ހީވާކަހަލަޔޭޭ ބުނަންފަށައިފިި އިބުރޭތިހުރީީ އޮއްސިފަަ

  4. ވާނުވާބެ

    ވޯޓް ލަނީ މޫސަ އެެކަނިކަމަށްވާނަމަ ތިހެން ވެދާނެ