ޚަބަރު ސިޔާސީ

ކެމްޕެއިން ކުރާއިރު ތިމާވެއްޓަށް ގެއްލުން ނުދިނުމަށް އީޕީއޭއިން ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރާއިރު ތިމާވެއްޓަށް ގެއްލުން ލިބޭ އަމަލުތަކުން ދުރުހެލި ވުމަށް, އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގޮވާލައިފިއެވެ.

Ads by STELCO

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ރަށްރަށުގައި ހިމާޔަތް ކޮށްފައިވާ ގަސްގަހާ ގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްތަކަށް މޮހޮރު ފަދަ އެއްޗެހި ޖަހާ ގެއްލުން ދޭކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.

އަދި، ރުއްގަހަށް ސްޕްރޭކޮށް ދަވާދު ލުމާއި ކެމްޕެއިން ހަރަކާތްތަކަށް ބޭނުން ކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރު ފަދަ ތަކެތި މަގުމައްޗަށް އަޅާކަން ވެސް ފާހަގަ ކުރެވިފައި ވާކަން އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކި އިވެންޓުތަކުގައި ގިނަ އަދަދަކަސް ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުން ކުރުމަށް ފަހު ކުނީގެ ގޮތުގައި ބޭނުން ކުރުމަށް ފަހު އުކާލުމަށް ފަހު އެ ތަކެތި ރަނގަޅަށް މެނޭޖް ނުކުރާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ސަމާލު ވުމަށް އީޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!