ޚަބަރު ސިޔާސީ

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލާގައި ގާއިމްކުރެވުނު އިންސާފެއްނެތް: އަލީ ވަހީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ވަގުތު އިމޭޖްސް

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލާގައި ގާއިމްކުރެވުނު އިންސާފެއްނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަލީ ވަހީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އދ. ދަގެއްޗަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގޮތްނޭނގޭ މަރުތަކުގެ އިންސާފު ގާއިމްކޮށްދޭނެކަމަށް ބުނެ ވެރިކަމަށް އައިސް ގާއިމްކުރެވުނު އިންސާފަކީ ކޮބައިތޯ އެބޭފުޅާ ވަނީ ސުވާލުއުފައްދަވާފައެވެ.

އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ރައީސް ޔާމީން އެކަނި ޖަލަށްލާ، އެމްޑީޕީގެ ތެރެއިން އެފައިސާ ލިބުނުމީހުންނާއި، އެޚިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓްތައް ބަދަލުކޮށް ވަކިބަޔަކު އެމައްސަލައިން ރެކި ފިލުމަކީ އިންސާފެއް ނޫންކަމަށާއި ގައުމުގެ ވެރިކަން ބޮއްސުންލާ ހުރިހާ ދިމާލަކުން ރައްޔިތުންނާއި ދިމާލަށް ލޮއްސިތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނުބައި ވެރިޔަކު ވެރިއަކަށް ގެނެވިއްޖެނަމަ ގައުމަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށެވެ.

މީގެ އިތުރުން، މިއީ ގާސިމްފަދަ އިޚްލާސްތެރި ދީލަތި ބޭފުޅަކަށް ފުރުޞަތެ ދެއްވަންވީ ވަގުތު ކަމަށާއި އިސްލާމްދީނަށާއި ދިވެހި މިނިވަންކަމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވި ލީޑަރަކީ ގާސިމް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހި ވެރިކަމަށް މިފަދަ ދަނޑިވަޅެއްގައި އެންމެ ގާބިލް ވެރިއަކީ ގާސިމް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

Ads by HDC
  1. ލަވްދަވޭ

    ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ މައިގަނޑު ކެމްޕެއިން ބިނާ ވެފައި އޮންނަން ޖެހޭނީ އެއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކަމަށްވާއިރު އެ ކެންޑިޑޭޓް އެ ވާޖިބު އަދާ ނުކުރެއޭ އެވާޖިބު މިއަދު އަދާކުރަނީ ގާސިމް އިބްރާހިމް މަމެން ހީކުރި ގޮތާއި މުޅިން ޚިލާފަށޭ ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން މަގްސަދު ދަނީ މަމެންނަށް ނޭގޭ ބުނަންވެސް މިކަމުން މަމެންނަށް ލިބިދޭ ބޮޑު ހައިރާން ކަން މިއަދު ގާސިމް މިވަނީ ޕީޕީއެމްގެ މެމްބަރުންގެ ހިތްތަކުން ޖާގަ ހޯދާފައޭ އިން ނައު ދިސް ގްރެވްލް އިން އަވަރ ވޮއިސެސް ގްލާސެސް ޝެޓަރޑް އޮން ޓޭބަލް ޓޮޕް އިން ދިސް ޓަގް އޮފް ޓްރީސަންސް ވޯރ ދޭ ވިލް އޯލްވޭޒް ވިން އީވެން ވެން ވީއާރ ރައިޓް އިޓްސް ސިކް ދެޓް ދީސް ޓްރޫ ލަޔަރސް އާރ ވަޓް ކީޕްސް މީ ސެޓިސްފައިޑް ޖަސްޓް ގޮނާ ސްޓޭންޑް ދެއަެރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް އޯއް އޯއް އޯއް ލަވް ދަވޭ އިޓް ހާރޓްސް ޖަސްޓް ގޮނާ ސްޓޭންޑް ދެެއަރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް….

  2. އަންހެން ކުދިންނަށްޖިންސީ ފުރައްސާރަ ކުރީމަވެސް ސޯލިހުގެ ސަެުކާރުން އަޅައެއް ނުލި ދެން ކީއްކުރާނީ