ޚަބަރު ސިޔާސީ

އިދިކޮޅުން "ޤައުމީ ކާޑު" ދައްކަނީ ސަރުކާރާ ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތިގެން: އަލީ ޒާހިރު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން "ނެޝަނަލް ކާޑު" ނެގީ ސަރުކާރުން ރައްޔިތުންނަށް ތަންފީޒުކުރާ ސިޔާސަތުތަކާ ހެދި ދައްކާނެ އިތުރު އެއްވެސް ވާހަކައެއް ނެތިގެން ކަމަށް ރައީސް އޮފީހުުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިގައި ލޭ ހިނގާހާ ހިދަކު މި ޤައުމުގެ ފަސްގަނޑުންނާއި ކަނޑުން އެންމެ އިންޗެއް ވެސް ދޫކޮށް ނުލާން ކަމަށެެވެ.

"ޤައުމަށް ގައްދާރުވި ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގަ ފެތުރި ޔޯލަ ވާހަކަތަކަށް ރައްޔިތުން ނުހެއްލުން އެދެން" ޒަހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ އިދިކޮޅުން ދަނީ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރަމުން ދާތީ އެކަން ހަޖަމް ނުވެގެން ދައްކާނެ ވާހަކައެއް ނެތިގެން "ނޭޝަނަލް ކާޑު" ކުޅެ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ.

" މިކަމަށް ރައްޔިތުން ސަމާލުވުން އެދެން" ޒާހިރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ރައްޔިތުން

    ތީ ހާދަ ހޭބަލި ޒާހިރެކޭ ދޯ. ގައުމީ ކާޑޭ ކިޔާއިރު ސިއްކީމްއަށް ޖެހުނު ދަތުރު ޖެހެންތޯ ބޭނުންވަނީ؟ ގައުމު އިންޑިޔާގެ ދަށުވީމަ ދެން އަމިއްލަވަންތަކަން އެ ގެއްލުނީ، މުޅި އުމުރަށް. ދުވަސްކޮޅަކުން އަޅުގަނޑުމެން އިންޑިޔާގެ ޕާސްޕޯޓުގަތޯ އުޅެންވީ؟؟ އަނެއްކޮޅުން އިކޮނޮމީއާ ސަރުކާރުގެ ބަޖެޓާ އެއޮތީ މިހާރުވެސް ގޮއްވާލާފަ!

    ގައުމު ސަލާމަތް ކުރުން މުހިއްމު. ވޯޓް 4 މުއިއްޒު!