ޚަބަރު

އަދާަލަތުގެ ހުޅުމާލެ ގޮފި، މުޢިއްޒު ފަޅިއަށް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހަދާފައިވާ ޢަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފީގެ މެންބަރުން ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރާކަން ހާމަކޮށްފިއެވެ.

Ads by STELCO

ނަމަވެސް އަދާލަތު ޕާޓީން އަދި ހުންނެވީ ރައީސް ޞާލިޙާއިއެލުގައެވެ. ރައީސް ޞާލިޙާއިއެކު އެމްޑީއޭއިން ހެދި ކޯލިޝަން، ރޭ ވަނީ ރޫޅައިލައިފައެވެ. އެމްޑީއޭއިން މިކަން ހާމަ ކުރުމާއެކު، ރޭ އަދާލަތުން އެކްސްގައި ކުރި ޕޯސްޓެއްގައި، ރައީސް ޞާލިހާއިއެކު ދެމި ހުރިކަން ވަނީ ހާމަކޮށްފައެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް، މުޢިއްޒުއަށް ލައްކައަކަށްވުރެ ގިނަ ވޯޓާއިއެކު، ކުރި ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އެހެން ސިޔާސީ ލީޑުންނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަމުންނެވެ.

Ads by HDC
  1. ޙަސަނުބެ

    ﷲ އަށް ބިރުވެތިވޭ. މަޙުޝަރު ދުވަހު ޖަވާބުދާރީވާންޖެހޭ އިރު ހާދަ ދެރަގޮތެކޭ ދިމާވާނީ. ދޮގުޚަބަރު ނުފަތުރާ. މި ނަސޭހަތް ގަބޫލުކުރޭ. ﷲ ވަނީ ދޮގުފަތުރާ ފިތުނަ ހަދާމީހުނަށް އިންޒާރު ކުރައްވާފަ.