Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ނިޒާމުގައި އުނިކަމެއް ހުރިކަން އެނގޭއިރު އެކަން ފޮރުވަން މަސައްކަތް ނުކުރުމަށް އަމްރު ވިދާޅުވެއްޖެ

ނިޒާމުގައި އުނިކަމެއް ހުރިކަން އެނގޭއިރު އެކަން ފޮރުވަން މަސައްކަތް ނުކުރުމަށް އަމްރު ވިދާޅުވެއްޖެ

ދިވެހިރާއްޖެ މިހާރު މިއޮތް ނާޒުކު ހާލަތުގައި ޤައުމަށް ބޭނުންވަނީ ވިސްނުންތެރިކަމާއެކު ކަންކަމާމެދު މަޝްވަރާކޮށް ކަންކަން ޙައްލުކުރެވޭނެ ފެންވަރުގެ ވެރިންކަމަށާއި ނިޒާމުގައި އުނިކަމެއް ހުރިކަން އެނގޭއިރު އެކަން ފޮރުވަން މަސައްކަތް ނުކުރުމަށް ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އަމްރު މިފަދައިން ވިދާޅުވެފައި މިވަނީ ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީން އަދި އަދާލަތުންވެސް ތާއީދުނުކުރަން ނިންމާފައިވަނިކޮށެވެ.

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަށް އަލިއަޅުވާލައްވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިހާރު މިއޮތް ނިޒާމުގައި މައްސަލަ ނުވަތަ އުނިކަމެއް ހުރިކަން އެނގިވަޑައިގަންނަވާނެކަމަށެވެ. މި ނިޒާމުގައި ރައްޔިތުންނަށް ފަސޭހައިން ކަންކަން އޮޅުވާލައި، ޖަވާބުދާރީވުމުގައި ދެފުށް ފެންނަ ކަންކަމުން މި ނިޒާމު ދުރުހެލިކަމަށްވެސް އަމްރު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/HusenAmr/status/1709298961901932572

ހަމައެއާއެކު، ސިޔާސީ ފިކުރަށް ބެލުމެއް ނެތި މުޅި މި ނިޒާމަށް ޖުމްލަ ގޮތެއްގައި ހައްލު ހޯދަން އެބަޖެހޭކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެއްބަސްވާނެކަމަށް އަމްރު ވިދާޅުވިއެވެ.

"މިކަމަށް އޮތް ޙައްލަކީ އާދައިގެ ބަރުލަމާނީ ނިޒާމަކަށް ނުވެދާނެ، އެއީ ހައިބްރިޑް ނުވަތަ ވެރިކަމުގެ އާ ނިޒާމަކަށްވެސް ވެދާނެއެވެ. މިހާރު ކަންކަން ހުރި ގޮތުން، މިއީ ނަފްސާނީގޮތުން ނުތަނަވަސްވެ ބަލިކަށިވެ އަދި ހަރުދަނާކަމެއްނެތް ގޮތުގައި އަޚްލާޤް ބަހައްޓައްވީ ދަނޑިވަޅެއް ނޫން" އަމްރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އައު ސަރުކާރެއް އިންތިޚާބުކޮށްފައިވާއިރު އެތައް ހާސް ރައްޔިތުންނެއްގެ އުންމީދު އެ ސަރުކާރާއެކު ވާކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ މި ވަގުތަކީ ނިޒާމާމެދުވެސް އެންމެން ވާހަކަ ދައްކައި މަޝްވަރާކުރަންވީ ވަގުތު ކަމަށާއި، ހަރުދަނާ ވިސްނުންތެރިކަމާއެކު ޢަމަލީ ވާހަކަދައްކަން މިވަގުތު މުހިންމުކަމަށެވެ.

އަދި ރަނގަޅު ކުރަންޖެހޭ އުނިކަމެއް މި ނިޒާމުގައި ހުރިކަން އެނގޭއިރު އެކަމަށް ފަސްއެޅުމަށް މަސައްކަތް ނުކުރެއްވުމަށާއި ޒުވާނުންގެ ބައިވެރުވުމާއިއެކު، ސިޔާސީ މަޝްރަހުގައި މިހާރު މިހުރި ކަންތައްތަކާ މެދު ހަރުދަނާ ނިންމުންތައް ނިންމުން މުހިންމުކަމަށާއި އެފަދަ ވިސްނޭ ލީޑަރުންގެ ފުރިހަމަ އެއްބާރުލުން މި ދަނޑިވަޅުގައި މުހިންމު ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް