ޚަބަރު ސިޔާސީ

މި ދައުރަކީ ވައްކަމާއި ދެކޮޅަށް ވާހާކަ ދެއްކުމަށް އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔަ ފަސް އަހަރު: ޔާސިރު

ޙައްވާ އިނާޝާ ، ދެން އޮންލައިން
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވަނީ

މި ދައުރަކީ ވައްކަމާއި ދެކޮޅަށް ވާހާކަ ދެއްކުމަށް، އާންމުންނަށާ، ނޫސްވެރިންނަށް ވެސް އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔަ ފަސް އަހަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޔާސިރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓް ފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޔާސިރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވައްކަން ބަލަންޖެހޭނެ ކަމަށާއި އެއީ މި ދައުރު ވިޔަސް، ނިމިދިޔަ ދައުރު ވިޔަސް، އަދި އޭގެ ކުރީ ދައުރަށްވީ ނަމަވެސް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާނަމަ އެކަންކަން ބެލި އަދަބު ލިބެން ޖެހޭ ކަމަށެވެ.

ހަމަ އެހެންމެ ފެންނަން އޮތް ހަގީގަތަކީ މި ދައުރަކީ ވައްކަމާއި ދެކޮޅަށް ވާހާކަ ދެއްކުމާއި ވައްކަންތައް ހާމަކުރުމަށް ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުންނަށް ވެސް ފުރުސަތު ލިބުނު ފަސް އަހަރު ކަމަށެވެ.

މީގެ އިތުރުން ޔާސިރު ވިދާޅުވީ އާންމު ރައްޔިތުނަށާއި ނޫސްވެރިންނަށް ވެސް އެންމެ ބޮޑަށް ވައްކަމާއި ދެކޮޅަށް ވާހާކަ ދެއްކުމާއި ވައްކަންތައް ހާމަކުރުމަށް  ފުރުސަތު ލިބިގެންދިޔައީ މި ފަސް އަހަރު ދުވަސް ކަމަށެވެ.

ޔާސިރު އިތުރަށް ވިދާޅުވީ ވައްކަމާއި ދެކޮޅުވާން ޖެހޭނީ ދައުލަތުގެ މަގާމުގައި ނުހުންނަ އިރު، އެކަނި ނޫން ކަމަށެވެ.

ދޮނެއް، ކަޅެއް، ދިގެއް، ކުރެއް، އިއްޔެއެއް، މިއަދެއް، މާދަމާއެއް ނެތް ކަމަށާއި އަބަދުވެސް ވައްކަމާއި ދެކޮޅު ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ.

މިގޮތުން ބަލަން ޖެހޭނީ ވަކި މީހަކު، ވަކި ދައުރެއްގައި ކުރާ ވައްކަމެއް ވެސް ނޫން ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ސަމީރު

    29މިލިއަންހޯދިގޮތްވެސްދޯ