ޚަބަރު ސަރުކާރު

ދެ ހެލިކޮޕްޓަރާއި ޑޯނިއާގެ އެހީގައި 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރެވުނު: އިންޑިއާ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ ޑޯނިއާ މަތިންދާ ބޯޓު

އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހަރަކާތްތެރިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގައި 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރެވިފައިވާކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަރިންދަމް ވިދާޅުވީ އިންޑިއާ އަދި ރާއްޖޭގެ ގުޅުން ބިނާވެގެން ވަނީ ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގެ ތެރެއިން ކަމަށެވެ. އަދި އިންޑިއާއިން ވެދީފައިވާ އެހީގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއި މައްސަލަތައް ހައްލުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެވޭކަމަށާއި އެގޮތުން ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި، ދިމާވާ ކާރިސާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުށްތަކަށް އަރައިގަތުން ހުއްޓުވުމުގެ މަސައްކަތް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އަރިންދަމް ވިދާޅުވީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގައި 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރެވިފައިވާކަމަށާއި މިއަހަރުގެ މިހާތަނަށް 131 ބަލި މީހުން އެ އުޅަނދުތަކުގައި އުފުލާފައިވާކަމަށެވެ.

މީގެ އިތުރުން އަރިންދަމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ އަދި ރާއްޖެ ގުޅިގެން 450 މިޝަން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރެއިން މިއަހަރު 122 މިޝަންއެއް ކުރިއަށް ގެންގޮސްފައިވާކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ.

"މި އަހަރު އެކަނި ވެސް 122 މިޝަން ވަނީ ކުރިއަށް ގެންގޮސްފައި. މިދިޔަ އަހަރު 152 އަދި 2021 ގައި 124 މިޝަން ކުރިއަށް ގެންދިޔަ" އަރިންދަމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތަރުޖަމާނު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި ވަގުތެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމުކަމަށާއި ކޮވިޑު 19 ގެ ދުވަސްވަރުވެސް އިންޑިއާއިން ރާއްޖެއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށެވެ. އަދި އައު ސަރުކާރާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް އޭނާ ވިދާޅުވީއެވެ.

  1. އަބްދޫ

    ވަގު ނަސީދު މިގައުމަށް އެތެރެ ކުރި ހެލިކޮޕްޓރާއި ޑޯނިޔާ އާއި ސިފައިން ގެންދޭ.